twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓް ހެދުމަށް ކަލެކްޓިން ކޮމްޕެނީއަށް

އިބްރާހިމް ހަމީދު
Sep 27, 2019

ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް ހެދުމަށް ބަޔަކާ ހަވާލުކުރެވިފައިވާކަމަށް ރީޖަނަލް އެއާޕޯޓްސް ބުނެފި އެވެ.

ކޭއޯއަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް ހެދުމަށް ކަލެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ އިއްޔެގެ ވަގުތެއްގައި ބިޑް އެވޯޑް ލެޓާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

އެއާޕޯޓްގައި ހެދުމަށް ހަމަޖެހިފައިވާ ރެސްޓޯރެންޓްގެ މަސައްކަތް ކަލެކްޓިން ކޮމްޕެނީއާ ހަވާލުކުރެވިފައިވަނީ 1،927،910،90 (ނަވާރަލައްކަ ހަތާވީސް ހާސް ނުވަސަތޭކަދިހަރުފިޔާ ނުވަދިހަލާރިއަށް) 150 ދުވަސް ތެރޭގައި އެމަސައްކަތް ނިންމުމަށްކަމަށް ސާމީ އަގީލް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ކެންޓިން ހެދިގެންދާއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބްލިކް ފާހާނާގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިފައިވާ ފާހާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ހާއްސަކުރެވިފައިވާ ބައެއް ހެދިގެންދާނެކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ކެންޓީނެއް ހެދުމަށް އިއުލާން ކުރެވިގެން ދިޔައީ 2019 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ކަމަށާއި މުއްދަތުހަމަވީ އެމަހުގެ 10 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވީއިރު މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަންފާޅުކޮށް ފަސްފަރާތަކުން ބިޑް ހުށައަޅާފައިވާ ރީޖަނަލް އެއާޕޯޓްސް މަޢުލޫމާތުދެ އެވެ.

ކުޅުދުއްފުށި އެއާޕޯޓަކީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއެކު މިހާރު ހިދުމަތް ދެމުންދާ ޑޮމެސްޓިކް އެއާޕޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355