twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖަލާލުއްދީން ސްކޫލް: މަތީ ސާނަވީ އެންމެ މޮޅު ދަރިވަރަކަށް މުހައްމަދު އަދި ސާނަވީ ނައުފާ

އަބްދުލް ވާހިދު ޙަސަން
Sep 27, 2019

ޖަލާލުއްދީން ސްކޫލުގެ މަތީ ސަނާވީ އެންމެ މޮޅު ދަރިވަރުގެ މަގާމު މުހައްމަދު އަހުމަދު ހޯދައިފި އެވެ. އަދި ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ ނައުފާ ހުސެއިން އެވެ.

މިިދިޔަ އަހަރު ދަރިވަރުން ހޯދި ކާމިޔާބީތައް ފާހަގަކުރުމަށް ރޭ ޖަލާލުއްދީން ސްކޫލް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށްދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދެވެ.

މަތީ ސަނާވީ ސަނަވީ ހުރިހާ ގޮތަކުން އެންމެ މޮޅު މަގާމު ހޯދި މުހައްމަދު އަހުމަދު ވަނީ ގައުމީ ގަދަ ދިހައެއްގެ 8 ވަނާގައިވެސް ހިމެނިފަ އެވެ.

ސާނަވީ އިމްތިހާނުން ސްކޫލުން އެންމެ މޮޅު ތިން ދަރިވަރު:

  • އެއްވަނަ: ނައުފާ ހުސެއިން
  • ދެވަނަ: އައިމިނަތު މޫސާ
  • ތިންވަނަ: ފައްވާޒު އަބުދުލް ބާރީ

ސާނަވީ ސްކޫލުން އެންމެ ރަނގަޅު ކާމިޔާބު ހޯދި ދަރިވަރުންނަށް ބަލާއިރު ނައުފާ ހުސެއިން، ފައްވާޒު އަބުދުލް ބާރީ، އައިމިނަތު ލުޔޫނާ އަލީ، އައިޝަތު އަފާފް އަލީ، އައިމިނަތު މޫސާ، އަޒްލީނާ އަލީ ހިމެނެ އެވެ.

އަދި ބީޓެކް ސްޓްރީމުން ޑިސްޓިންގްޝަން އެވޯޑް ވަނީ ދެ ދަރިވަރު ހޯދާފަ އެވެ. އެގޮތުން ޑިސްޓިންގްޝަން ޕިއަރސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް ޓޫ ޑިޕޮލޮމާ އިން ސްޕޯޓްސް ހޯދީ އަފްލާހް ހަސަނެވެ. ޝައިލާ އަބޫބަކުރު ހޯދީ ޑިސްޓިންގްޝަން ޕިއަރސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް ޓޫ އިން ހޮސްޕިޓާލިޓީ އެވެ.

މަތީ ސާނަވީ އިމްތިހާނުން ސްކޫލުން އެންމެ މޮޅު ދަރިވަރުން:

  • މުހައްމަދު އަހުމަދު
  • ހުމައިދު ހަސަން
  • އިހާދާ އަހުމަދު
  • ރުހުސަތު އަހުމަދު
  • ހަނީފާ އަބުދުﷲ

ތަފާތު އެކި މުބާރާތްތަކުގައި ބައިވެރިވެ ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުން ފާހަގަކޮށް އެ ދަރިވަރުންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފަ އެވެެ.

މިރަސްމިއްޔާތުގައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނާއި ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު އަބުދުﷲ ސޯދިގު އާއި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލާއި މުވައްޒަފުން އަދި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355