twitterviber whatsapp telegramfacebookyoutube instagram
21st June 2026

އަހަރުތަކަކަށް ފަހު ހދ އަތޮޅު ތައުލީމީ މަރުކަޒަށް އާ އިމާރާތެއް

Sep 30, 2019

ޖާގައިގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކުލާސް ރޫމްގެ ހިމެނޭ ހަތަރު ބުރީގެ އިމާރާތެއް އަޅަން ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އަދި ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރީ އޮފީސް މެނޭޖާ ފާތިމަތު ލައިސާ ލަތީފް އެވެ.

އެ މަޝްރޫއުގެ ދަށުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމް އަޅާ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހު ބޭނުން ކުރާން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މި ޕްރޮޖެކްޓު ހަވާލު ކުރި ކުންފުންނަށް 8 މިލިއަން ރުފިޔާ އަށް މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަށް އާ އިމާރާތެއް ލިބިފައިމިވަނީ ޖާގައިގެ މައްސަލަ ހައްލުކުރަން މިނިސްޓްރީގައި އެދޭތާ އެތަކެއް އަހަރުތަކެއް ފަހުންކަން ފާހަގަކޮށްލެވެ. މީގެ ކުރިން އާ އިމާރާތް އަޅަން އެކި އަހަރު ބަޖެޓް ކުރެވުނު ނަމަވެސް އެ މަސައްކަތް ހަވާލުކުރެވިފައެއް ނުވެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 8 ކިޔަވައިދޭ ސްކޫލެކެވެ. މިއަހަރު އެ ސްކޫލުގައި 1400 އެއްހާ ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355