twitterviber whatsapp telegramfacebookyoutube instagram
8th July 2025

ކޭއާރުއެޗުގައި ގާއިމުކުރި ހިތުގެ ބަލީގެ ފަރުވާއަށް ހާއްސަ ސެންޓަރު ހުކުރުދުވަހު ހުޅުވަނީ

ނަބީލާ އިސްމާޢީލް
Oct 7, 2019
3

އަތޮޅުތެރޭގައި ހުޅުވާ ފުރަތަމަ ކާޑިއޯ ސެންޓަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮށް އަންނަ ހުކުރުދުވަހު ހުޅުވުމަށް ނިންމައިފި އެވެ. ކާޑިއޯ ސެންޓަރާއެކު ސީޓީގެ ހިދުމަތްވެސް ރަސްމީކޮށް ފަށަން ވަނީ ނިންމާފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކާޑިއޯ ސެންޓަރ ހުޅުވުމުން އެތަނުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ކާޑިއެކް ކޮންސަލްޓޭޝަން އިކޯ ކާޑިއޯގްރާމް ހޯލްޓަރސް މޮނިޓަރިންގެ އިތުރުން އީސީޖީ އަދި ޓީއެމްޓީ ފަދަ ހިދުމަތް ހިމެނެ އެވެ.

ކޭއާރުއެޗުގައި ހިތުގެ ސްކޭނިންގ ހެދުމުގެ ހިދުމަތް ފަށާފައިވަނީ މިއަހަރު މާރޗުމަހުގެ ތެރޭގައި އެވެ. ސީޓީގެ ހިދުމަތް ދޭން ފަށާފައިވަނީ މިއަހަރު ޖުލައިމަހު އެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ އެ ހިދުމަތް ހޯދާފަ އެވެ.

ކާޑިއޯ ސެންޓަރު ތަރައްގީކުރުމަށް ވޭވްލެންތް ކުންފުންޔާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ. މިއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން ހަމައެކަނި ސުޕަރ ސްޕެޝަލިސްޓް ހިދުމަތް ލިބޭ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓަލެވެ. ހިތުގެ ހާއްސަ ޑޮކްްޓަރުންގެ ހިދުމަތާއި ނާރުގެ ޑޮކްޓަރުންގެ ހިދުމަތް އެ ހޮސްޕިޓަލުން ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355