twitterviber whatsapp telegramfacebookyoutube instagram
31st May 2020

70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި 13 މީހުން ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Oct 9, 2019

ހަތްދިހަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ބޭރުގެ ބޯޓެއް އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑާއި ޕޮލިހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 172 މޭލު ބޭރުންނެވެ.

އަދި އެ ބޯޓުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށްޓަކައި ބޭނުން ކުރި ދިވެހި މަސް ބޯޓެއް ވެސް ވަނީ އަތުލައިގަނެފައެވެ. ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އެ މައްސަލައާ ގުޅިގެން 10 މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.

ފުލުހުން ބުނީ 70 ކިލޯ ޑްރަގް މައްސަލައިގެ ނެޓްވޮކުގައި ހިމެނޭ އިތުރުން ތިން މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލައިގައި މިހާރު ޖުމްލަ 13 ފިރިހެނުން ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ.

ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނެނީ، 70 ކިލޯ ފެނުނު ބޭރުގެ ބޯޓުގައި ތިބި ހަ މީހުންނާއި މަސްތުވާތަކެތި ބަލާ ދިޔަ ދިވެހި މަސް ދޯނި ގައި ތިބި ހަތަރު ފަޅުވެރިންނެވެ. ހަތަރު ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބަންގްލަދޭޝް މީހުންނެވެ.

ހައްޔަރު ކުރި 13 މީހުންނަށް ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ މިއަދު ކޯޓުން ޖަހާފައި ކަމަށާއި އަދި ދިވެހި މަސް ބޯޓުގައި ތިބި، ހަތަރު މީހުންގެ ތެރެއިން ދިވެހި ދެ މީހުންނަށް 15 ދުވަސް އަދި ބަންގްލަދޭޝް ދެ މީހުންގެ ބަންދަށް 10 ދުވަސް ވަނީ ކޯޓުން ވަނީ ދީފައެވެ.

އިރާންގެ ދިދަ ނެގި ބޭރުގެ ބޯޓު އަތުލައިގަތް އިރު ފެނުނު ތިން ގޯނީގެ 70 ޕަކެޓްގައި 70 ކިލޯ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355