twitterviber whatsapp telegramfacebookyoutube instagram
11th May 2021

ޓާގެޓަކީ އެމްއާރުއައިގެ ހިދުމަތް އަންނަ ޖެނުއަރީމަހު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފެށުން: މިނިސްޓަރު

އަބްދުލް ވާހިދު ޙަސަން
Oct 12, 2019
5

އަތޮޅުތެރޭގައި ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި އަންނަ އަހަރު ކުރީކޮޅު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް ހެލްތް އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީންވަނީ އެ ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ތައާރަފްކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެ ޖަލްސާގައި އެމަނިކުފާނު ހާމަކުރައްވާފައި ނުވެ އެވެ.

އެކަމަކު ރަސްމިއްޔާތުގެ ހަވާސާގައި ކޭއޯއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު އަމީން ވިދާޅުވީ ޓާގެޓަކީ އަންނަ ޖެނުއަރީމަހު އެމްއާރުއައިގެ ހިދުމަތް ކުޅުދުއްފުށީގައި ފެށިގެންދިޔުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެމްއާރުއައި މެޝިން ގެނެސް އިންސްޓޯލްކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވާ ކަމަށާ އެސްޓީއޯއިން އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އާންމުކޮށް ބަލަންޏާ އެމްއާރުއައި މެޝިން ގެނެސް އިންސްޓޯލްކުރަން ނަގާނީ ތިންމަސް ދުވަސްވަރު. އެ ހިސާބަށް އަންނަވާއިރަށް ބޭނުންވާ ޖާގަޔާއި އެހެނިހެން ކަންތައްތައް ހަމަޖެހިގެންދާނެ." ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލަށް ހިދުމަތް ހޯދަމުންދާ މީހުންނަށް ފަސޭހަ ކަމާއެކު ހިދުމަތް ދިނުމަށް މިހާރު މިދަނީ މަސައްކަތް ކުރަމުންކަމަށާއި އުންމީދަކީ 2020 ވަނަ އަހަރުގެ ފުރަތަމަ މަހުން ފެށިގެން މިހާރު މި ހިދުމަތްދޭ ހޮސްޕިޓަލަށް ވަދެ ހިދުމަތް ހޯދަމުންދާއިރު އެއީ މުޅިން ތަފާތު ހޮސްޕިޓަލަކަށް ހެދުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355