twitterviber whatsapp telegramfacebookyoutube instagram
17th September 2026

މަރާމާތަށްފަހު ނޭކުރެންދޫ ކުޑަކުދިންގެ ޕާކު އަލުން ހުޅުވައިފި

ޚަދީޖާ އާދަމް
Oct 14, 2019

ހދ ނޭކުރެންދޫގެ ކުޑަކުދިންގެ ޕާކުގެ އާބާތުރަ ފިލުވާ އަލުން ހުޅުވައިފި އެވެ.

އެ ކައުންސިލްގެ ރައީސް އިބްރާހިމް މައޫޒް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ކައުންސިލްގެ މާލިއްޔަތުން ގާތްގަނޑަކާށް ދެއްލައްކަ ރުފިޔާ ހަރަދުކޮށްގެން މި ޕާކު އަލުން ހަދާފައިވަނީ ޕާކު ހެދުމަށް ކުރި އިއުލާނުގެ ބިޑް ކާމިޔާބުކޮށްގެން ނިބާ އިންވެސްޓްމެންޓުން ކަމަށެވެ.

މި ޕާކަކީ ނޭކުރެންދޫގެ އެންޑް ޖަމިއްޔާއިން 2014 ވަނަ އަހަރު ހެދި ކައުންސިލާއި ހަވާލުކޮށްފައިވާ ޕާކެކެވެ. މަރާމާތަށް ފަހު ޕާރކް އަލުން ހުޅުވާފައިވަނީ އިއްޔެ އެވެ.

މީގެ ކުރިން ޕާކު ހަދާފައިވަނީ ޓިނު ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށާއި އާބާތުރަ ފިލުވުމަށް ނިންމީ ކުއްޖަކަށް ގެއްލުމެއް ލިބިދާނެތީއާއި އެފަދަ ޕާކެއް ރަށުގައި އޮތުމަކީ މުހިއްމު ކަމެއްކަމަށް ދެކޭތީކަމަށް މައޫޒް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293