twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހަލީމްގެ ފައެއް ޖެހުމަށް އެންމެ އެހީތެރިވަމާ

ނަބީލާ އިސްމާޢީލް
Oct 15, 2019
5

މިމަހުގެ 8 ވަނަ ދުވަހު ފަތަން މޫދަށް ގޮސް އުޅުމުގެ ތެރޭގައި ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައިން ބޮޑު ބައި ބުރިވުމުގެ ހިތާމަވެރި ހާދިސާއަށް ފަހު ފައި އަލުން ގުޅުވޭނެ ގޮތެއް ނެތިގެން ފައި ބުރިކޮށްލަން ޖެހުނު އަބްދުﷲ ހަލީމް ހިނގުމަށް މަސްނުވީ ފައެއް ޖެހުމަށް އެންމެންގެ އެހީތެރިކަން އެ އާއިލާއިން ބޭނުން ވެއެވެ.

ޑޮކްޓަރުން ވަނީ ހަލީމް އަށް މަސްނުވީ ފައެއް ޖަހައިގެން ހިނގިދާނެ ކަމުގެ ޔަގީންކަން ދީފައެވެ. ފައި ޖެހުމަށް އެއްވެސް ވަރަކަށް އާސަންދަ ކަވަރު ނުކުރާއިރު ފައި ޖަހަން ސީދާ ހަރަދުވާނެ ވަރެއްވެސް ނޭގޭކަމަށް ކޭއޯއަށް މައުލޫމާތު ދެމުން ހަލީމްގެ އެއްބަނޑު އެންމެ ބޮޑު ބޭބޭ އިސްމާއިލް ޝިހާބް ބުންޏެވެ. އަދި އިތުރަށް ހަލީމްގެ ބޭބެ ބުނީ މިވަގުތު މާލޭގައި ކުއްޔަށް ހުންނަން ޖެހުމުގެ ސަބަބުން އެކަމަށްވެސް ބޮޑު ހަރަދެއް ހިނގާކަމަށެވެ.

ބުރިކޮށްލަން ޖެހުނު ފައި އެއްކޮށް ރަނގަޅުވާން ގާތްގަނޑަކަށް ތިން މަސްދުވަސް ނަގާނެ ކަމަށާއި ފައި ޖެހޭނީ އެތަން އެއްކޮށް ރަނގަޅުވުމުން ކަމަށް ވެސް ޑޮކްޓަރުން ލަފާދެއްވާ ކަމަށެވެ. ހަލީމްގެ ފައިގައި އަދިވެސް އިތުރު ޒަހަމްތައް ހުރި ނަމަވެސް މި ވަގުތު އެނާ އަންނަނީ މަޑު މަޑުން ރަނގަޅު ވަމުންނެވެ.

ޒަވާޖީ ހަޔާތެއް ފަށައިފައިނުވާ މި ޒުވާނާއަކީ އެހާދިސާ ދިމާވިއިރު ފިހާރައެއްގެ ކޭޝިއަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޒުވާނެކެވެ. އޭނާއަށް ފައި ޖެހުމުގެ މަސައްކަތް ކުރުމަށް އާއިލާއިން ދަނީ ތަމިލްނާޑްގެ ކޮއިންބަތޫރުގައި ހުންނަ ގަންގާ ހޮސްޕިޓަށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ހަލީމަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ފައިސާ ފޮނުވާނެ އެކައުންޓް ނަންބަރަކީ 7701179802101 އަދި ހަލީމްގެ ހާލަތާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފު ކުރައްވަން ބޭނުންވާ ފަރާތްތަކުން ހަލީމްގެ ބޭބެ އިސްމާއިލް ޝިހާބް 7400009 ފޯނާ ގުޅުންމުން ސާފުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355