twitterviber whatsapp telegramfacebookyoutube instagram
18th June 2026

ކުޅުދުއްފުށީ އެއާޕޯޓުގައި ނުނެގި ހުރި ދެ ގޯތި ތަޅާލުމުގެ މަސައްކަތް ފަށައިފި

އިބްރާހިމް ހަމީދު
Oct 18, 2019
1

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި ނުނެގި ހުރި ދެ ގޯތި ތަޅާލައި ފެންސު ޖެހުމުގެ މަސައްކަތް ފަށައިފި އެވެ. އެ ދެ ގޯތި މިހާތަނަށް ނުނެގި ވަނީ ޝަރުއީ މަރުހަލާތައް ނުނިމި ދިގުލައި ދިއުމުގެ ސަބަބުންނެވެ.

ޑޭޒީވިލާ އާއި ކުލަވަރުގެ ނަގައި ބިން ސާފުކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ އިއްޔެ ހަވީރު އެވެ.

ކޭއޯއަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ޕްރޮޖެކެޓް އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ ފެންސް ލައިންދާ ސަރަހައްދުގައި ހުރި ދެ ގޯތި ނުނެގި ހުރުމުގެ ސަބަބުން މީގެ ކުރީންވަނީ ފެންސުގެ މަސައްކަތް ނިންމާނުލެވިފައިވާކަމަށެވެ.

"އެހެންނަމަވެސް މިހާރު ރީޖަނަލް އެއާޕޯޓުން އެ ދެ ގޯތި ނަގައި ފެންސުޖެހުމުގެގެ ހުއްދަ ދިނުމާއެކު އަޅުގަނޑުމެން އެމަސައްކަތް މިހާރު ފަށައިފިން." އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު އެ ދެ ގޯތި ތަޅާލައި އެތަން ސާފުކުރުމަށް ފަހު ވީއެންމެ އަވަހަކަށް ފެންސްގެ މަސައްކަތް ނިންމާ ރީޖަނަލް އެއާޕޯޓްސްއާ ހަވާލު ކުރެވޭނެކަމަށެވެ.

އެއާޕޯޓްގެ އޮޕަރޭޝަންތައް މިހާރު ފަށާފައިވާއިރު ހަފްތާއަކުން ތިން ފްލައިޓް ކުޅުދުއްފުއްޓަށް ޖައްސަ އެވެ.

އެއާޕޯޓްގައި މިހާރުވެސް ގިނަ ކަންތައްތަކެއް ހައްލުކުރަންވެފައި ހުރިކަން ފާހަގަކުރެވެ އެވެ. އެގޮތުން އެއާޕޯޓް ހުޅަނގުކޮޅުގައި ޖަހާފައިވާ ހިލަތަކާއި ރަންވޭ ކޮޅު ހިމާޔަތް ކުރުމަށް އެޅިފަސްތައް ވަނީ މޫދަށް ފައިބާ ހުސްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355