twitterviber whatsapp telegramfacebookyoutube instagram
21st September 2026

ތަކަންދޫގައި ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހުޅުވާ ހިދުމަތް ފަށައިފި

Oct 18, 2019

ހއ ތަކަންދޫގައި ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހުޅުވާ މިއަދު ހިދުމަތް ފަށައިފި އެވެ.

ތަކަންދޫގައި މިއަދު މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި ތަކަންދޫ ލެބޯޓަރީ ހުޅުވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ތަކަންދޫގައި ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފެށުމަށްޓަކާ ބޭނުންވާ މެޝިންތަކާއި ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެެވެ.

އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ ތަކަންދޫގައި މި ހިދުމަތް ފެށިގެންދިޔުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ އެވެ.

ތަކަންދޫ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ހިދުމަތް ހޯދަމުންދިޔަީ ހއ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.

ތަކަންދޫ ސިއްހީ މަރުކަޒުގެ އިތުރުން އެ އަތޮޅުގެ 7 ރަށެއްގެ ސިއްހީ މަރުކަޒުން ލެބޯޓަރީގެ ހިދުމަތް އަންނަނީ ލިބެމުންނެވެ. އެއީ އިހަވަންދޫ، ހޯރަފުށި، ބާރަށް، ތުރާކުނު، ކެލާ، ފިއްލަދޫ، އުލިގަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293