twitterviber whatsapp telegramfacebookyoutube instagram
1st July 2025

މިއަހަރު މިހާތަނަށް ފަސް ރަށެއްގައި 8000 އަށްވުރެ ގިނަ ރުއްގަސް އިންދައިފި

އަބްދުލް ވާހިދު ޙަސަން
Oct 20, 2019

މިއަހަރުގެ މިހާތަނަށް ފަސް ރަށެއްގައި 8000 އަށްވުރެ ގިނަ ރުއްގަސް އިންދާފައިވާކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ހާމަކޮށްފި އެވެ.

އީޕީއޭއިން މިއަދުކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް ފަސް ރަށެއްގައި 8602 ރުއްގަސް އިންދާފައިވާ ކަމަށެވެ. އެއީ ޅ. މަޑިވަރު، ލ. ކުނަހަންދޫ، ނ. މަނަދޫ، ނ. މަގޫދޫ އަދި ވ. ވާދޫގަ އެވެ.

ރުއްގަސް އިންދި ރަށްތަކުގެ ތެރޭގައި މީގެ ކުރީ އަހަރުތަކުގައި ދީފައިވާ ހުއްދައިގެ ދަށުންވެސް ނަގާފައިވާ ރުއްގަސް މިއަހަރު އިންދާފައިވާކަމަށް އީޕީއޭ އިން މައުލޫމާތުދެ އެވެ.

އީޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް ރުއްގަސް ނެގުމަށް ހުއްދަދީފައިވަނީ 21 ރަށަކުން ކަމަށާއި އެ ރަށްތަކުން ނަގާފައިވަނީ 2706 ރުއްގަސް ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ރުއްގަސް ނަގަން ހުއްދަދިން ރަށްތަކުގެ ތެރޭގައި ށ.ނަރުދޫ، ށ.ފޯކައިދޫ، ށ.ގޮއިދޫ، އއ.ތޮއްޑޫ، އއ.މަތިވެރި، ރ.ރަސްމާދޫ، ރ.ވާދޫ، ރ.ރަސްގެތީމް، ރ.އަނގޮޅިތީމް، ލ.ގަން، ލ.ހިތަދޫ، ލ.ކުނަހަންދޫ ހއ.މޮޅަދޫ، ހއ.ބާރަށް، ނ.މަނަދޫ، ނ.މާއުގޫދޫ، ނ.ޅޮހި އަދި މ.މާވަށް ހިމެނެ އެވެ.

އަލަށް ހަދާ ރިސޯޓްތައް ފެހިކުރަން ގިނަ ރަށްތަކަކުން ގިނަ އަދަދަކަށް ރުއްގަސް ނަގައި މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން އިންތިހާއަށް ތިމާވެއްޓަށް ނުރައްކާތެރި އަސަރުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355