twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ކޮންޓްރޯލްކުރާނެ ގޮތުގެ ޕްރޮގުރާމެއް 9 ރަށެއްގައި ހިންގައިފި

އަބްދުލް ވާހިދު ޙަސަން
Oct 21, 2019

ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ކޮންޓްރޯލްކުރާނެ ގޮތްތަކަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފި އެވެ.

މި ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކެޓަސް) އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ގުޅިގެނެވެ.

މިމަހު 14-20 އަށް ކުރިއަށްގެން 9 ރަށެއްގައި ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ރުއްތަކަށް ޖެހޭ ބަލިތަކާ ބެހޭގޮތުން މައުލޫމާތުދީ، ހާއްސަކޮށް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރާނެ ގޮތްތަކަށް އަހުލުވެރިކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގުރާމުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހުރި ރުއްތަކުގެ ހާލަތުބަލައި، ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ދިރާސާކޮށްފައިވާ ކަމަށެވެ. އެގޮތުން ތިލަދުންމައްޗާއި، މާޅޮސްމަޑުލު ދެކުނުބުރިއާއި، ހައްދުންމަތީގެ 9 ރަށެއްގެ ރުއްތައް ބަލައިފާސްކޮށް، ލިބިފައިވާ ގެއްލުން ދިރާސާކޮށްފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އަދި މިމަޑި ކޮންޓްރޯލުކުރާނެ ގޮތްތަކާއި، ރާއްޖޭގެ އެހެން ރަށްތަކަށް މިމަޑި ފެތުރުނަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ބައިވެރިންނަށް މައުލޫމާތުދީފައިވެ އެވެ.

ދިރާސާކުރެވުނު ރަށްތަކަކީ، ލ. މާންދޫ، ލ. ފޮނަދޫ، ލ. ގަން، ބ. ދަރަވަންދޫ، ބ. ކިހާދޫ، ބ. ކިހާދުއްފަރު، ބ. އަމިއްލަފުށި، ހދ. ހަނިމާދޫ، އަދި ހއ. މާފައްސެވެ.

އޭގެ އިތުރުން، މިނިސްޓްރީގެ ޓީމުން ވަނީ އަމިއްލަފުށި ރިސޯޓަށް ޒިޔާރަތްކޮށް ހިސްޕިޑް ބީޓްލް ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ދިރާސާކޮށްފަ އެވެ. މިދަތުރުގައި ދިރާސާ ކުރެވުނު ހުރިހާ ރަށެއްގެ ތެރެއިން ހިސްޕިޑް ބީޓްލް އެންމެ ބޮޑަށް ފެތުރިފައިވަނީ އަމިއްލަފުށީގައިކަމަށް މިނިސްޓްރީ ބުންޏެވެ. އެހެންވުމުން އަމިއްލަފުށީގައި މިމަޑި ފެތުރުން ކޮންޓްރޯލްކުރުމަށް ކެޓަސްގެ އެހީގައި ޕެސްޓިސޮއިޑްސް ތައާރަފްކޮށް، ޕެސްޓިސޮއިޑްސްއާއި ބެހޭ މައުލޫމާތު އަމިއްލަފުށީގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

1999 ވަނަ އަހަރު ރާއްޖެއަށް ތައާރަފުވި ކޮކޮނަޓް ހިސްޕިޑް ބީޓްލް، ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ފެތުރުމުގެ ސަބަބުން ގިނަ ރަށްތަކެއްގެ ރުއްތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355