twitterviber whatsapp telegramfacebookyoutube instagram
7th July 2025

ފިޔާ ބޯޓްގައި ތިބި ފަޅުވެރިން އެހެން ބޯޓަކަށް ނަގައިފި

Oct 22, 2019

ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބައި، އެހެން ބޯޓަކަށް ނަގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރު 13:10 ހާއިރުކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެބޯޓު އަޑިއަށްދިޔައިރު، އޭގައި 9 މީހުން ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި، އެ 9 މީހުން ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓަކަށެވެ.

މި ބޯޓު ކަނޑުމަތިން ނެގި މީހުންނާއެކު މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށާއި މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ބުނީ 9 މީހުންގެ ހާލު ރަނގަޅު ކަމަށާ އަދި، އެ މީހުންނާ ބެހޭ އިތުރު މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

މި ބޯޓު އަޑިއަށްދިޔަ ވަކި ސަރަހައްދެއް އަދި މިހާތަނަށް ސާފުވެފައެއް ނުވާއިރު އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355