twitterviber whatsapp telegramfacebookyoutube instagram
24th June 2026

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި 17 ޓީމެއް، މިމަހު 25 ގައި ފަށަނީ

Oct 22, 2019
1

ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން އިންތިޒާމުކޮށްގެން ބާއްވާ އޮފީސް މުބާރާތުގައި 17 މުއައްސަސާއަކުން ބައިވެރިވެއްޖެ އެވެ.

ސަރުކާރުގެ މުވައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް މިއަހަރު މި ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

މުބާރާތުގައި ވާދަކުރާ މުވައްސަސާތައް:

  • ކަސްޓަމްސް
  • އެސްޓީއޯ
  • ޕޮލިސް
  • ކޭޕީއެލް
  • އުރީދޫ
  • ޖަލާލުއްދީން ސްކޫލް
  • ކޭއާރުއެޗް
  • ހދ އޭއީސީ
  • ދިރާގު
  • އަފީފުއްދީން ސްކޫލް
  • އެއާޕޯޓް
  • ޕަބުލިކް ވޯކްސް
  • ކޯޓް
  • އައިބީއެމް
  • ކައުންސިލް
  • ފަޔަރ ސްޓޭޝަން
  • ހދ އަތޮޅު ކައުންސިލް

މިމަހު 25 ގައި ފަށަން ހަމަޖެހިފައިވާ މި މުބާރާތް އަންނަ ނޮވެމްބަރުމަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.



ސްޓޭޑިއަމްގެ ޓާފް ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ކޮންމެ ރެޔަކު ހަތަރު މެޗު ކުޅޭނެ އެވެ. މެޗުތައް ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355