twitterviber whatsapp telegramfacebookyoutube instagram
17th April 2024

އެސްޓީއޯ މަކިޓާ ހެއްޔާ މުބާރާތުގެ އެއްވަނަ މާޒް ސަލީމް

ނަބީލާ އިސްމާޢީލް
Oct 31, 2019

އެސްޓީއޯ އިން ކުރިއަށްގެންދިޔަ މަކިޓާ ހެއްޔާ މުބާރާތުގެ އެއްވަނަ އަހުމަދު ސަލީމް (މާޒް ސަލީމް) ހޯދައިފި އެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިޔަ މި މުބާރާތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތުތަކާއެކު ކުރިއަށްގެންދިޔަ މުބާރާތެކެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިއަ މި މުބާރަތުގެ ވަނަ ހޮވާފައިވަނީ ޖަޖުންގެ 50 ޕަސެންޓް މާކްސް އަދި ފޭސްބުކް ލައިކްގެ 50 ޕަސެންޓަށް ބަލައިގެންނެވެ.

މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރުމަށް ބުދަ ދުވަހުގެ ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މަކިޓާ ކުންފުނީގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކޮށްފައިވާ މާޒް ސަލީމަށް އެއްވަނަ ލިބުމުން އޭނާއަށް ވަނީ އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފައެވެ.

މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރ އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއްކަމަށްވާ އަހުމަދު ޝަފީއު މަހުމޫދުއެވެ.

އެސްޓީއޯ އިން ބުނީ އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެ ކަމަށެވެ. މި މުބާރާތާއެކު ކުރިޔަށް ގެންދިޔަ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 ޕަސެންޓާއި ހަމައަށް ކަސްޓަމަރުންނަސް ޑިސްކައުންޓް ދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355