twitterviber whatsapp telegramfacebookyoutube instagram
8th January 2026

ހަސީނާއަށް އެހީވުމަށް ނެއްލައިދޫ ރައްޔިތުން އިސްނަގައިފި

ނަބީލާ އިސްމާޢީލް
Nov 12, 2019

ކެންސަރު ބަލީގެ ވޭން ތަހައްމަލުކުރަމުންދާ ކުޅުދުއްފުށީ/ސޭޑީކޯނަރ، ހަސީނާ ހަސަންއަށް އެހީވުމުގެ ގޮތުން ފަންޑު ހޯދުމަށް އެ އަތޮޅު ނެއްލައިދޫ ކަނބަލުންތަކެއް އިސްނަގައިގެން އަންނަ ހުކުރު ދުވަހު ރަށުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މި އިވެންޓް ހިންގުމުގައި ނެއްލައިދޫގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ބުނީ ހަސީނާއަށް އެހީވުމަށް ނިންމީ އަތޮޅު ކުއްޖަކަށް ވުމާއި އެއީވެސް މަޔަކަށް ވެފައި މަޔެއްގެ އިހުސާސް އެންމެ ރަނގަޅަ އެނގޭނީ މަޔަކަށް ކަމަވާތީ ކަމަށެވެ.

" މިހަރަކާތުގައި އަޅުގަނޑު އިސްނެގި ކަމުގައިވިޔަސް މިހާރު މުޅި ނެއްލައިދޫ ހުރިހާ އަންހެން ކަނބަލުން ބައިވެރިވޭ." މި ކަމުގައި އިސްނެގި ނަސްރާ ބުންޏެވެ.

ނެއްލައިދޫގައި އަންނަ ހުކުރުދުވަހު 16:00 – 18:00 އަށް ކުރިއަށް ގެންދިއުމަށް ހަމަަޖެހިފައިވާ ހަރަކާތް ކުރިއަށް ދާނީ އެރަށުގެ ކޮމިއުނިޓީ ޕާކުގައެވެ. މި ހަރަކާތުގައި ތަފާތު ވައްތަރުގެ ހެދިކާ ހެދިކާ، މަސްކާށިގެ، މަޖާ ޓްރޭގެ އިތުރުން ކަޕްކޭކް އަދި ފުރުޓް ސްޓިކް ކަހަލަ ގިނަ ބާވަތް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި މިހަރަކާތް ކުރިއަށްދާ ސަރަހައްދުގައި ފަންޑުފޮށިވެސް ބެހެއްޓިފައިވާނެ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

މި ހަރަކާތުގައި ނެއްލައިދޫގެ ހުރިހާ ކަނބަލުން ޝާމިލްވާކަމަށް އެފަރާތުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355