twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަންނަ އަހަރު ކައުންސިލަށް ލިބޭ ބޮޑު ބަޖެޓާއެކު ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ: ލަތީފް

- އާ ބަޖެޓާ އެކު ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ
- ކައުންސިލްގެ ހަޔާތުގައި ލިބޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު ލިބޭނެ

އިބްރާހިމް ހަމީދު
Nov 12, 2019
5

ސަރުކާރުން ކުޅުދުއްފުށީ ކައުންސިލް މިއަންނަ އަހަރު ދޭން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ބަޖެޓާއެކު ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ. މިއީ ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވާ، މި ބާރުވެރިކަމާއެކު މިނިސްޓްރީތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަޝްރޫއުތަކާ ގުޅުންހުރި 90 އަށްވުރެ ގިނަ މަސައްކަތް ކައުންސިލްތަކުން ކުރާގޮތަށް ބަދަލުވެގެންދާނެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ކޭއޯއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއު ފައްޓަވަމުންވެސް ވިދާޅުވީ، އާ ޑިރެކްޓަރުގެ މަސައްކަތާ ބެހޭ ގޮތުންނެވެ. އަބުދުއްﷲ އާދަމް (އެޑަމް) ކައުންސިލްގެ ޑިރެކްޓަރުގެ މަގާމު ލިބިވަޑައިގެން، އެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވީ މިދިޔަ ހަފުތާތެރޭގައި އެވެ. އެކަން ލަތީފް ސިފަކުރެއްވީ ކައުންސިލްގެ ހަޔާތުގައި މި ވީހާތަނަށް ނުލިބޭ ފަދަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެވެ.

މީގެ އިތުރުން އަބްދުއްލަތީފް ވިދާޅުވީ ކައުންސިލަށް ޑިރެކްޓަރަކު ހަމަޖެހިގެން ދިޔުމުގެ އިތުރުން ރަށުކުރި ކުރިއެރުމަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށް މިއަންނަ އަހަރަށް ކައުންސިލަށް 34 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހަމަޖެހިފައިވާކަން ސަރުކާރުން ކައުންސިލަށް އެންގުމަކީ ލިބިގެން ދިޔަ ބޮޑުހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެއީ ބޮޑު ކުރިއެރުމެއް ކަމަށް ލަތީފް ފާހަގަކުރެއްވި އެވެ.

ކައުންސިލަށް މީގެ ކުރީން ލިބެމުން އަންނަނީ ހަތަރެއް ނޫނީ ފަހެއް މިލިއަން ރުފިޔާ ކަމަށާއި އެހެންނަމަވެސް އެއީ ކައުންސިލްގެ ރިކަރަންޓް ހަރަދެވެ. އެހެންނަމަވެސް މިއަންނަ އަހަރަށް ކުޅުދުއްފުށީ ކައުންސިލަށް ސަރުކާރުން ދޭން ނިންމީ މީގެ ކުރީގެ ބަޖެޓްތަކާ އަޅާބަލާއިރު 6 އަހަރު ދުވަހުގެ ބަޖެޓް އެއް އަހަރަށް ދޭން ނިންމާފައިވުމަކީ ރަށުގެ ތަރައްގީއަށް ކަންކަން ކުރުމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

" މިދިޔަ ދުވަސްތަކަށް ބަލާއިރު 6 އަހަރު ދުވަހު ބަޖެޓް މިވަނީ އެއްއަހަރަށް ލިބިފައި. އެހެންވެއްޖެ ކަމަށް ވަނީ ނަމަ 6 އަހަރު ދުވަހުގެ މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ކުރެވިއްޖެކަމަށް ވަނީ ނަމަ އެއީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތް ހަމަޖެހުމަކާ ކާމިޔާބީއެއް." ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

"މިއަންނަ އަހަރު ސަރުކާރުން ކައުންސިލަށް ދޭން ނިންމާފައިވާ ބަޖެޓްގެ ސަބަބުން ކައުންސިލްގައި ކޮންމެ ބަޔަކު ތިބި ކަމުގައި ވިޔަސް ރައްޔިތުންނަށް ހިދުމަތްތަކެއް ފެނިގެންދާނެ. މިހާރު އަޅުގަނޑުމެން ކައުންސިލްގައި މަޝްވަރާކުރަމުން މިގެންދަނީ ބަޖެޓަށް ބޭސްކޮށް ކަންކަން ކުރުމަށް. މީގެ މުހިންމީ ކައުންސިލްގައި ތިބޭ ބައެއް ނޫން. މުހިންމީ ގިނަ ކަންތައްތަކާއި ހިދުމަތްތަކެއް ރައްޔިތުންނަށް ދިނުން." ލަތީފް ވިދާޅުވީ އެވެ.

މީގެ ކުރީގެ ކައުންސިލުންވެސް އިދާރީ ބައި ރަގަޅުކުރުމަށް މަސައްކަތެއް ކުރެވިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް އަބްދުއްލަތީފް ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު އަލަށް ކައުންސިލަށް ލިބުނު ޑިރެކްޓަރާއެކު މަސައްކަތް މިކޮށްލި ހަފްތާ ތެރޭގައި މަސައްކަތްތަކަށް ބޮޑު ތަފާތެއް އައިސްފައިވާ ކަމަށެވެ.

"އަލަށް އަޅުގަނޑުމެން ކައުންސިލަށް ލިބުނު ޑިރެކްޓަރަކީ ކަންކަންކަމުގައި އިސްކޮށް އުޅުއްވާފައިވާ ތައުލީމީ ޒުވާނެއްކަން ފާހަގަކުރައްވަމުން ކައުންސިލްގެ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށް." ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355