twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި 90 އަށްވުރެ ގިނަ ކޯސް

Nov 12, 2019
1

ވިލާ ކޮލެޖުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ 90 އަށްވުރެ ގިނަ ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. މި ކޯސްތައް މާލޭގެ ވިލާ ކޮލެޖްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަހުގައިވެސް ކުރިއަށްދާނެ އެވެ.

މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ބެޗެލަރސް ޑިގްރީ ކޯސްތައްވެސް ހިމެނެ އެވެ.

މި ގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ އިން ލޯ، އިކޮނޮމިކްސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ނަރސިންގ، ސައިކޮލޮޖީ، ހިއުމަން ރިސޯސް، އެކައުންޓިންގ، ޕަބްލިކް ހެލްތް، ޑައިވިން ކޯސްތައް ހިމެނެ އެވެ.

ހުޅުވާލެވިފައިވާ ބައެއް ކޯސްތަކަށް ބަލާއިރު ބެޗެލާރސް އޮފް ޝަރިއްޔާ އެންޑް ލޯ ހިމެނެ އެވެ. ތިން އަހަރު ދުވަހުގެ މުއަދަތަށް ހިންގާ މި ކޯހަކީ ބުލެންޑެޑް މޯޑަށް ހިންގޭ ކޯހެކެވެ.

މި ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 26 ޑިސެމްބަރ އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ އެވެ. އެކަށީގެންވާ އަދަދަކަށް ކުދިން ލިބިއްޖެނަމަ މި ހުރިހާ ކޯހެއްވެސް ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައިވެސް ކިޔަވައިދެއްވަނީ މާލޭގައި ވިލާ ކޮލެޖްގައި ކިޔަވައިދެއްވާ ލެކްޗަރާއިންނެވެ. މި ކޯސްތަކާ ބެހޭ މައުލޫމާތު 7980611 ނަމްބަރަށް ގުޅައިގެން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355