twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅިވަރުގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެ: މަހުލޫފް

އަބްދުލް ވާހިދު ޙަސަން
Nov 17, 2019
3

ކުޅިވަރުގެ ދާއިރާގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެކަމަށާއި އެއީ މި ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންތައްތަކެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ބައެއް ރަށްތަކަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ކުޅުދުއްފުއްޓަށް ވަޑައިގަތް، ރޭ ކައުންސިލާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އުތުރަށް ބަލާއިރު ކުޅުދުއްފުއްޓަކީ މުހިންމު ސެންޓަރެއް ކަމަށާ، މިއީ ވަރަށް ބޮޑު ސަމާލުކަމެއް ދޭ ރަށެއް ކަމަށެވެ. އެއީ ހަމައެކަނި ކުޅުދުއްފުއްޓަށް އެކަނި ބަލާފައި ހިންގާ ކަންތައްތަކެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ރީޖަންއަށް ބަލާއިރު އެންމެ މުހިންމުއެއް ސެންޓަރު މިއީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަމެއް ދީގެން ކުޅުދުއްފުއްޓަށް ގިނަ ކަންތައްތަކެއް (ކުޅިވަރުގެ) ގާއިމުކުރެވިގެންދާނެ. އެއީ ހަމައެކަނި ކުޅުދުއްފުއްޓަކަށް އެކަންޏެއް ނޫން މިސަރަހައްދަށް އަމާޒުކޮށްގެން ކުރެވޭ ކަންތައްތަކެއް ވީމަ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަހުލޫފް ކުޅުދުއްފުއްޓަށް ވަޑައިގަންނެވި މި ދަތުރުފުޅުގައި ވަނީ ސްޓޭޑިއަމްގެ ހާލަތު ބައްލަވާލައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ސްޓޭޑިއަމްގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާ ވީ އެންމެ އަވަހަކަށް އެތަނުގެ ބޮޑު މަރާމާތެއްކުރާނެ ކަމަށެވެ. މަރާމާތުކުރަން ބޭނުންވާ މައުލޫމާތުތައް ކައުންސިލުން ނަގައި އެކަން ވީހާވެސް އަވަހަކަށް މިނިސްޓްރީއަށް ފޮނުވާދިނުމަށް މަހުލޫފް އެދިލެއްވި އެވެ.

މަހުލޫފް ވިދާޅުވީ، ސްވިމިންގ ޓްރެކާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ސިންތަޓިކް ޓްރެކެއް ކުޅުދުއްފުށީގައި ގާއިމްކޮށްދެއްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ޔޫތު މިނިސްޓްރީގެ ދާއިރާގެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާ މަޝްވަރާކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355