twitterviber whatsapp telegramfacebookyoutube instagram
9th April 2025

ކުޅުދުއްފުށީ މާފަލު ހިޔާގެ 40 ރޯހައުސް މަރާމާތުކުރަން ފެނަކައާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Nov 18, 2019

ކުޅުދުއްފުށީ، މާފަލު ހިޔާގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތުކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި އެވެ. މި ރޯހައުސްތަކަކީ ރައީސް ނަޝީދުގެ ވެރިކަމުގެ އެޅި ރޯހައުސްތަކެކެވެ. ނަމަވެސް ރޯހައުސްތައް އެހެން ހުރެ އެތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތަށް ބޭނުންވެފަ އެވެ.

ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާ ވަނީ މިއަހަރު ކުޅުދުއްފުއްޓަށް ވަޑައިގެން، ރޯހައުސްތައް ބައްލަވާލައްވާފަ އެވެ. އެކަންކަމަށް ހައްޔެއް ހޯދަވާދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

ފެނަކައާ މިއަދު އެ މަސައްކަތް ހަވާލުކޮށްފައިވަނީ 190 ދުވަސްތެރޭގައި ނިންމުމަށް 23 މިލިއަން ރުފިޔާއަށެވެ. މިކަމަށްޓަކާ މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހާލިސް ޝަރީފެވެ. ފެނަކަ ފަރާތުން ސޮއިކުރެއްވި އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދެވެ.

ފެނަކާއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ، ކަރަންޓް އަދި ސީލިންގ މަރާމާތުކުރުމާއި ފަންކާ ބަދަލުކުރުން ހިމެނެ އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމެނިކޮށް، ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް އެ ރޯހައުސްތަކުގެ ތަޅުދަނޑިތައް ވަނީ ހައްގުވެރިންނަށް ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް އިމާރާތް ހަލާކުވެފައި ހުރުމުން އެމީހުންނަށް އެތަނަށް ވަދެވޭނެ ގޮތް ވަނީ ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355