twitterviber whatsapp telegramfacebookyoutube instagram
7th July 2025

ރަށުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައި ހުރި ބާ އުޅަނދުތައް ނެގުމަށް އަންގައިފި

އަބްދުލް ވާހިދު ޙަސަން
Nov 20, 2019
3

ކުޅުދުއްފުށީ އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާފައިހުރި އުޅަނދުތައް ނެގުމަށް ކައުންސިލުން އަންގައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި ބޭނުންނުކޮށް ދޫކޮށްލާފައިވާ ގިނަ އަދަދެއްގެ އުޅަނދު ހުރި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޝަކުވާ ވަރަށް ބޮޑަށް ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

މަގުތަކަށް ދޫކޮށްލާފައިވާ އެފަދަ އުޅަނދުތަކުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވެ މަގުތަކުގެ ރީތިކަން ގެއްލިފައިވާ ކަމަށް ކައުންސިލުގެ އިއުލާނުގައިވެ އެވެ.

އެހެންކަމުން އެފަދަ އުޅަނދުތައް ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނެގުމަށް ވަނީ ކައުންސިލުން އަންގާފަ އެވެ. އަދި އެންގުމަށް އަމަލު ނުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ބުނެ އެވެ.

ރަށުގެ އެކި ސަރަހައްދުތަކުގައި ބައުވެ ހަލާކުވެފައިވާ ގިނަ އަދަދެއްގެ ވެހިކަލްތައް އެބަހުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355