twitterviber whatsapp telegramfacebookyoutube instagram
5th January 2026

މަންޓާ އެއާގެ ދަތުރުތައް ހުވަދު އަތޮޅަށް ފަށަނީ

Nov 27, 2019
1

މިއަހަރު ކުރީކޮޅު ރާއްޖޭގައި އޮޕަރޭޓް ކުރަންފެށި، އަދި އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ، މަންޓާ އެއާގެ ދަތުރުތައް ހުވަދު އަތޮޅަށް ފަށަން ހަމަޖެހިއްޖެ އެވެ.

މުޅިން އާމަންޒިލަކަށް މަންޓާ އެއާ ދަތުރުކުރަން ފެށާކަން އެކުންފުނިން މިހަފްތާގެ ކުރީކޮޅު ވަނީ ފޭސްބުކް ގައި އިއުލާން ކޮށްފައެވެ. އެކުންފުނިން މިއަދު ހާމަކުރިގޮތުގައި މަންޓާ އެއާގެ ދަތުރުތަކަށް ދެން އިތުރުވެގެން ދާނީ ކޫއްޑޫއެވެ. މަންޓާ އިން މިހާރު ދަތުރުކުރަމުންދަނީ ކުޑަހުވަދޫ އަދި ދަރަވަންދޫ އަށެވެ.

މިބަދަލާ ގުޅިގެން މަންޓާ އެއާގެ ސީއީއޯ މުޙައްމަދު ޚަލީލް ވިދާޅުވީ އާ ޑެސްޓިނޭޝަންއަކަށް ދަތުރުފަށާކަން މިއަދު އިއުލާން ކުރެވިގެން މިދިޔައީ އުފަލާއެކު ކަމަށާއި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ޖެހިޖެހިގެން ބޮޑެތި ލަނޑުދަނޑިތަކެއް ހާސިލް ކުރެވިއްޖެ ކަމަށެވެ. އަދި ކޫއްޑޫއަށް ފަށިގެންދާ ދަތުރުތަކުން ދަތުރުފަތުރުގެ ތަޖުރިބާ މުޅިން ބަދަލުކޮށްލާނެ ކަމަށާއި ފަސޭހަ އަދި އުފާވެރި "މަންޓާސްޓިކް" ދަތުރުތަކަކަށް ވާނެކަމަށެވެ.

ކޫއްޑޫއަށް ކުރާ ދަތުރުތައް ފެށިގެންދާނީ 1 ޑިސެމްބަރުން ފެށިގެންނެވެ.

މަންޓާ އެއާގެ ޓިކެޓް ކޭއޯ ޓްރެވަލްސްއިން ބައްލައްވާގަނެވޭނެ އެވެ. އެގޮތުން 6528355 ގުޅުއްވައި ޓިކެޓް ގަނެވޭނެ އެވެ. އަދި ކޭއޯ ޓްރެވަސްގެ ވައިބާ ނަމްބަރު 7998355 އަށް މެސެޖްކޮށްގެންވެސް ޓިކެޓް ގަނެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355