twitterviber whatsapp telegramfacebookyoutube instagram
19th May 2026

24 ގަޑިއިރު ސިއްހީ ހިދުމަތްދޭ ތަންތަނުގައި ދެ ޑޮކްޓަރުން ތިބޭގޮތަށް ހަމަޖައްސަނީ

Dec 2, 2019

ރާއްޖޭގައި 24 ގަޑިއިރު ސިއްހީ ހިދުމަތް ދޭ ސިއްހީ މަރުކަޒުތަކުގައި ދެ ޑޮކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަމީން ވިދާޅުވީ 24 ގަޑިއިރު ހިދުމަތް ދޭ ގިނަ ތަންތަނަށް ދެ ޑޮކްޓަރުން ނެތުމުގެ ދަތިތަކާ ދިމާވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ތަންތަނުގައި ދެ ޑޮކްޓަރުން ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރިން 24 ގަޑިއިރު ހިދުމަތް ދޭ ހުރިހާތަނަކަށް ދެ ޑޮކްޓަރުން ހަމަވާނެ." އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުން ކަމަށާ އެކަމުގެ މަސައްކަތަށް މިހާރުވެސް ފެށިގެންދާ ކަމަށެވެ. ހިދުމަތުގެ ފެންވަރު ރަނގަޅުވާ ވަރަކުން އުމްރާނީގޮތުން އެތަންތަން ތަރައްގީކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355