twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް އިސްތިއުފާ ދެއްވައިފި

ނަބީލާ އިސްމާޢީލް
Dec 3, 2019

ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ގާޒީ ހައިލަމް އިސްތިއުފާ ދެއްވީ ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ކުރެހުމެއް ހުރި މައްސަލާގައި އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ހައިލަމް މަގާމުން ވަކިކުރުމަށް ފެންނަ ކަމަސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ހައިލަމް އޭނާގެ ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ އޭނާ ޖޭއެސްސީ އަށް ފޮނުއްވި ސިޓީތަކުގައިވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ. ހައިލަމް ތުހުމަތުކުރައްވާފައިވާނީ ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރަން ކަމަށެވެ.

ގާޒީ ހައިލަމްގެ މައްޗަށް ސާބިތުވެފައިވަނީ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީ އަށް ގަބޫލުކުރެވުނު ކަމަށާއި އެހެންކަމުން އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ހައިލަމް ވަނީ އެއީ ސަމާލުކަން ނުދެއްވައި ފޮނުވުނު މެސެޖެއް ކަމަށާއި އެ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މާފަށް ވެސް އެދިފަ އެވެ. ނަމަވެސް އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި ގާޒީ ހައިލަމް ސަސްޕެންޑްކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355