twitterviber whatsapp telegramfacebookyoutube instagram
14th April 2026

ނޮޅިވަރަމް ސްކޫލުގެ 6 ކުލާސް ރޫމު އެޅުމަށް ހަވާލުކޮށްފި

Dec 3, 2019

ހދ ނޮޅިވަރަމް ސްކޫލަށް އަލަށް އިތުރުކުރެވޭ 6 ކުލާސް ރޫމްގެ މަސައްކަތް ކުރުމަށް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފި އެވެ.

ނޮޅިވަރަމް ސްކޫލްގެ 6 ކުލާސް ރޫމް އެޅުމުގެ މަސައްކަތުގެ އިތުރު ގއ ގެމަނަފުށީ ސްކޫލުގައި 10 ކުލާސް އެޅުމަށްވެސް ހަވާލުކުރީ ސްފިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ސްފިފްޓް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސައުދުﷲ ހިލްމީ އެވެ.

1 އަހަރުގެ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި މި ދެ މަޝްރޫއުގެ 17 މިލިއަން ރުފިޔާ ހަރަދުވެ އެވެ. މިއީ ފީއެސްފީ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355