• ޔޫކޭގެ މި ކޯސްތައް ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުންވެސް ހެދޭނެ
• އެކި ދާއިރާގެ ގިނަ ކޯސްތަކަކަށް ވިލާ ކޮލެޖު އޮތީ ތައްޔާރަށް
މީގެ އަހަރުތަކެއް ކުރިން އޯލެވެލް ނުވަތަ އޭލެވެލް ނިންމާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ލިބުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެ ފުރުސަތު ލިބިގެންދަނީ މާލީގޮތުން ތަނަވަސް އާއިލާތަކުގެ ކުދިންނަށާއި އެންމެ މަތިން ފާސްހޯދައިގެން ސްކޮލަރޝިޕްތައް ހާސިލް ކުރާކުދިންނަށް އެކަނިއެވެ. ނަމަވެސް މިހާރު އެކަންމިވަނީ ބަދަލުވެފައެވެ. ރާއްޖޭގައި އަމިއްލަ ކޮލެޖްތައް ހިންގަންފެށި ހިސާބުން ކޮންމެ ކުއްޖަކަށްވެސް ފުރުސަތުތައް ވަނީ ފަހިވެފައެވެ. އެގޮތުން ރާއްޖޭގެ ޕްރޮގްރާމްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުގެ ކޯސްތައްވެސް މިހާރު ރާއްޖޭގައި ތިބެގެން ނިންމާލެވެއެވެ.
ރާއްޖޭގައި ތިބެގެން ރާއްޖެއިން ބޭރުގެ ކޯސްތަކުގެ ފުރުސަތު ހޯދައިދިނުމުގައި ވިލާ ކޮލެޖުގެ ހިއްސާ ވަރަށްބޮޑެވެ. ވިލާ ކޮލެޖުން މީގެ ކުރިން ވަނީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީގެ ކޯސްތަކުގެ ފުރުސަތު ކުދިންނަށް ހޯދާދީފައެވެ. އެއަށްފަހު، މިހާރު ވިލާ ކޮލެޖްއަކީ ރާއްޖޭގައި ހިންގޭ ރާއްޖެއިން ބޭރުގެ އެންމެ ޝަރަފްވެރި އެއް ޕްރޮގްރާމް އޮފާ ކުރާ ކޮލެޖެވެ.
ވިލާ ކޮލެޖުގައި މިހާރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއް ކަމަށްވާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ބެޗެލަރސް ޑިގްރީ ކޯސްތައް ހިންގައެވެ.
ޝަރަފުވެރި "ގާރޑިއަން ޔުނިވާރސިޓީ ލީގު ޓޭބަލް"ގައި މި ކޮލެޖުވަނީ މިއަހަރު އެންމެ މޮޅު 30 ކޮލެޖުގެ ލިސްޓުން ޖާގަ ހޯދާއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ނޭޝަނަލް ސްޓޫޑެންޓް ސާރވޭ 2019 (އެންއެސްއެސް) ގައި މި ކޮލެޖުވަނީ ޔުނައިޓެޑް ކިންގްޑަމްގެ ޔުނިވާރސިޓީތަކުގެ ތެރެއިން ދަރިވަރުންގެ ކުރިއެރުމަށްބަލައި 11 ވަނާގައި ހިމެނިފައެވެ. އަދި އިނގިރޭސިވިލާތުގެ ހުރިހާ ޔުނިވާސިޓީތަކުގެ ތެރެއިން 7 ވަނާގައި ހިމެނިފައެވެ.
މި އަހަރު އެ ކޮލެޖުން ފާސްވި އިންސައްތަ 89 އިންސަތައަށް އަރާފައިވާއިރު އެ ކޮލެޖުގެ ވައިސް ޗާންސެލަ ޕްރޮފެސާރ ސްޓީވް ވެސްޓް ބުނީ އެންއެސްއެސްގައި ލިބިފައިވާ މަގާމު ހިފެހެއްޓުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ކޮލެޖުގެ މުވައްޒަފުން ކުރާ މަސައްކަތައް ޝުކުރުއަދާކުރާކަމަށެވެ.
ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން ވިލާކޮލެޖުގައި ހިންގާ ކޯސްތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، އިކޮނޮމިކްސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ނަރސިންގ، ސައިކޮލޮޖީ، ހިއުމަން ރިސޯސް، އެކައުންޓިންގ، ޕަބްލިކް ހެލްތް، ޑައިވިން ކޯސްތައް ހިމެނެ އެވެ.
ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ބެޗެލަރސް ޑިގްރީ ކޯސްތައް ހެދުމަށް ކޮންމެހެން މާލެ ދާކަށް މިހާރަކު ނުޖެހެ އެވެ. މި ކޯސްތައް ކުޅުދުއްފުށިންވެސް ހެދެ އެވެ. މިއީ މިސަރަހައްދުގެ ދަރިވަރުންނަށް ލިބުނު ރަނުގެ ފަހި ފުރުސަތެއްކަން ކަށަވަރެވެ.
ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުންވެސް ޔޫކޭގެ މި ކޯސްތައް ފުރިހަމަކޮށްލެވޭނެ އެވެ. ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުން އޮފަރ ކުރާ ޔޫކޭގެ ކޯސްތަކުގެ ތެރޭގައި ނާސިންގ، ޕްރައިމަރީ އެޑިއުކޭޝަން، އާރލީ ޗައިލްޑް ހުޑް، އެލްއެލްބީ ލޯ، ކޮމްޕިއުޓަރ ސައިންސް، ބެޗެލަރ އޮފް އާޓްސް ބިޒްނަސް މެނޭޖްމަންޓް އެންޑް އެކޮނޮމިކްސް، ބެޗެލަރ އޮފް އާޓްސް ބިޒްނަސް އެންޑް ހިޔުމަން ރިސޯސް މެނޭޖްމަންޓް، ބެޗެލަރ އޮފް އާޓްސް އެކައުންޓިންގ އެންޑް ފައިނޭންސް، ބެޗެލަރ އޮފް އާޓްސް ބިޒްނަސް މެނޭޖްމަންޓް، ބެޗެލަރ އޮފް އާޓްސް ބިޒްނަސް މެނޭޖްމަންޓް ވިތް މާރކެޓިންގ، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބުލިކް ހެލްތް، އިންފޮމޭޝަން ޓެކްނޮލޮގީ، އެކައުންޓިންގ އެންޑް ފައިނޭންސް، އަދި އެޑިއުކޭޝަން ދާއިރާގެ ކޯސްތައް ހިމެނެ އެވެ.
އެގޮތުން ކޮލެޖުގައި ހިންގާ އެ ޔުނިވާސިޓީގެ ގެ ކޯސްތަކުން މިދިޔަ އަހަރުވެސް ވަނީ 300 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
2015 ވަނަ އަހަރުން ފަށައިގެން އެ ޔުނިވާރސިޓީގެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންގޮސް މިހާރު އަންޑަ ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓުގައި 3000 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.