twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުށި ފެހިކުރުން، ފޯރީގާ މިފަހަރު އިންދީ 100 ގަސް

އަބްދުލް ވާހިދު ޙަސަން
Dec 7, 2019
2

މުޅި ރާއްޖޭ ފެހިކުރުމަށް މި ސަރުކާރުން ހިންގާ "ރަށްފެހި" ޕްރޮގުރާމު ދަށުން ކުޅުދުއްފުށީ ކައުންސިލާއި މުއައްސަސާތައް ގުޅިގެން މިއަދު 100 ގަސް އިންދައިފި އެވެ. ރަށްފެހި ޕްރޮގުރާމް ފުރަތަމަ ކުޅުދުއްފުށީގައި ފަށާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގައި އެވެ.

"ރަށްފެހި" ޕްރޮގުރާމްގެ ދަށުން ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި 27 މުއައްސަސާއަކުން ވަނީ ބައިވެރިވެފަ އެވެ. މި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ނިކުމެ ވަރަށް ފޯރީގައި ގަސް އިންދާފަ އެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވަނީ ގަހުގެ މުހިންމުކަމުގައި މައްޗަށް އަލިއަޅުވާ ވާހަކަ ދައްކަވާފަ އެވެ. ހުރިހާ ފަރާތްތަކުން ގަސް އިންދުމަށް ހިތްވަރުދެއްވާފަ އެވެ.

މި ހަރަކާތްތައް މުއައްސަސާތަކާއި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ލަތީފް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. މި ހަރަކާތުގެ ދަށުން ގަސް އިންދާފައިވަނީ ރަށުގެ އެންމެ ބޮޑު އެއް ދެ މަގުކަމުގައިވާ ބަންޑާރަމަގާއި އަމީނީމަގުގައި އެވެ.

ގަސް އިންދުމުގެ މި ހަރަކާތުގެ ބައިވެރިވި މުއައްޒަފުން ބުނީ މިއީ މުހިންމު ކަމެއް ކަމަށާ، މުސްތަގުބަލުގައި މިކަމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިފަދަ ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން ގިނައިން އިންދަވީ އަނބުފަދަ މޭވާ އަޅާ ގަސް ކަމަށާ، ކުރިއަށް އޮތްތަނުގައި އެފަދަ މޭވާ އަޅާ ގަސް އިންދާނެކަމަށް އުންމީދުކުރާ ކަމަށެވެ.

ވަރަށް ފޯރީގައި ކުރިއަށްގެންދިޔަ މި ގަސް އިންދުމުގެ ހަރަކާތުގައި މުއައްސަސާތަކުގެ ވެރިންނާއި ޖުޑިސަރީ ފަދަ ދާއިރާތަކުގައި އިސް ސަފުގައި އުޅުއްވާ މުވައްޒަފުންވެސް ވަނީ ގަސް އިންދުމުގެ ހަރަކާތުގައި އަމަލީގޮތުން މަސައްކަތްކުރައްވާފަ އެވެ.

ކައުންސިލުން ބުނީ މިހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށީގައި އަލަށް ތަރައްޤީ ކޮށްފައިވާ މަގުތަކުގެ ހަނަފަސްކަން ކަނޑުވައި މަގުތައް ޒީނަތްތެރި ކުރުމެވެ. ގަސްތަކުން ލިބޭ ސިއްހީ އަދި ތިމާވެށިގެ ފައިދާތައް ރައްޔިތުންނަށް ލިއްބައިދިނުންވެސް މި ހަރަކާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މަގުތަކުން އަރައި ހިރަފުސް ކޮންޓްރޯލް ކުރުމާއި، ރަށުތެރެ ފިނި ކޮށްދިނުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355