twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދަނޑުވެރިކަމާ ގުޅޭ މި އަހަރުގެ ފަހު ޕްރޮގްރާމް އޮޅުވެލިފުށީގައި

ނަބީލާ އިސްމާޢީލް
Dec 26, 2019

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަހަރު ކުރިއަށްގެންދާ ދަނޑުވެރިކަމުގެ އެންމެ ފަހު ތަމްރީން ޕްރޮގްރާމް ޅ. އޮޅުވެލިފުށީގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ޅ.އަތޮޅު ކައުންސިލްގެ މި އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ހަރަކާތެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ. 22 ބައިވެރިންނާއެކު މިހާރު ކުރިއަށްދާ މިޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ މި ފިޒަރީސް ނިސްޓްރީންނެވެ.

މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނި ފެނުގައި ގަސްހެއްދުމާއި ބެހޭގޮތުންނާއި ގޯތިތެރޭގައި ގަސްހައްދާނެ ގޮތާއި ގަސް ގަހާގެއްސަށް އާންމުކޮށްޖެހޭ ބަލިތަކާއި ފަރުވާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކާނާއާއި ބޭސްފަދަ ތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުންކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު އަންނަ އަހަރުން ފެށިގެން ރަށްރަށުގެ ތަރައްގީއަށް ތަފާތު ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކަށް ހާއްސަ ބަޖެޓެއް ދެއްވުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށާއި މިނިންމެވުމާއެކު މިދުވަސްވަރަކީ ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދުވަސްވަރުކަމަށްވުމުން ރަށުގެ ދަނޑުވެރިކަން ތަރައްގީކުރެއްވުމަށް ބޭނުންވާ ތަފާތު ހަރަކާތްތައް ކައުންސިލްތަކުން ބަޖެޓުގައި ހިމަނުއްވަމުން ގެންދަވާނެކަމަށް އުންމީދު ކުރާކަމަށާއި ރަށްރަށުގައި ދަނޑުވެރިކަމުގެ ހަރަކާތްތައް ހިންގެވުމަށް ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކަށް ފޯރުކޮށްދެވޭނެ ކަމަށް ހާމަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355