twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލެވޭނެ މުއްދަތު އިތުރުކޮށްފި

އިބްރާހިމް ހަމީދު
Jan 14, 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތް ތަކަށް އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.

ޕީޕީއެމް ކޮށްފައިވާ ޓުވީޓްގައި ބުނެފައިވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ލުމަށް ފޯމް ހުށައެޅުމުގެ މިއަހަރުގެ ޖެނުއަރީމަހުގެ 24 ވަނަދުވަހުގެ ހަވީރު 4:00 ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ އަދި ޕާޓީގެ ޓިކެޓަށް އެދި ހުށަހަޅަން ޖެހޭ ފޯމުގެ ޑައުންލޯޑް ލިންކް ޕީޕީއެމް އިން ކުރި ޓްވީޓެއްގައި ވަނީ ފޯމްގެ ޑައުންލޯޑް ލިންކު ހިމަނައިފައެވެ.

ޕީޕީއެމްގެ ޓިކެޓަށް އެދި ފޯމު ހުށަހެޅުމަށް އެންމެ ފުރަތަމަ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލި އެވެ. އޭޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމާފައި ވަނީ ޕީޕީއެމް ކެންޑިޑޭޓުން އެކަނި ނެރުމަށެވެ.

ޕީޕީއެމް ބުނީ ކައުންސިލް އިންތިހާބުގެ ގޮނޑިތަކަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައަޅަން ނިންމާފައި ވަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުންކަމަށާއި ރާއްޖޭގެ ހުރިހާ ރަށްތަކަށާއި ސިޓީތަކަށް ކެންޑިޑޭޓުން ކަނޑައެޅިގެންދާނެކަމަށެވެ. އެހެންނަމަވެސް ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައިނުވާކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355