twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގުޓީވީއަށް ރުތްބާގެ މޭކަޕް ޝޯވއެއް

ޚަދީޖާ އާދަމް
Jan 15, 2020

ދިރާގު ޓީވީއިން ދިވެހި މައްޝޫރު މޭކްޕް އާޓިސްޓް ރުތްބާ އާއި ގުޅިގެން މޭކަޕް ޝޯވ އެއްގެ ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ.

ރުތްބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނެގިންދިއައީ 2019 ވަނަ އަހަރު "ވައިޓް ފަޔަރ" ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ބޭއްވި ފޮޓޯގްރަފީ އެކްސިބިޝަނުގައި އެވެ.

މީގެ އިތުރުން ރުތުބާވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން މޭކަޕް ކޭމްޕެއްވެސް ބާއްވާފައެވެ. "މޭކަޕް ބައި ރުތްބާ" ވެގެން ދާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯވއަށެވެ. މި ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެއެވެ.

ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފަންނާނުންގެ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮންޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެ ކަމަށް ބުންޏެވެ.

ރުތްބާ ބުނީ ދިރާގުން ދިން ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއްކަމަށާއި ދިރާގުޓީވީއިން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ދިވެހި އާރޓިސްޓުން އަބަދުވެސް ބަލައި ގަންނަން ކަމަށެވެ. އަދި މީއީ އޭނާއަށް ލިބިފައިހުރި ހުނަރާއި ތަޖުރިބާ އާންމުންނާއި ދަސްކޮއްދިނުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ރުތްބާ ބުންޏެވެ.

ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފަންނާނުންގެ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮންޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެ ކަމަށާއި އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފަންނުވެރިންނަށް ކުރިއެރުވުމަށް މަގުފަހިކޮށް އިތުރު ހަރުފަތަކަށް ގެންގޮސްދިނުން ކަަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355