twitterviber whatsapp telegramfacebookyoutube instagram
30th March 2026

9 ޓީމާއެކު ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ކުޅުދުއްފުށީގައި ފަށައިފި

Jan 17, 2020

ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށް ބާއްވާ "އެފްއާރުސީ ފުޓްސަލް" މުބާރާތް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ. މި މުބާރާތަކީ ހއ، ހދ ޒޯނުގައި ހުރި ފެނަކަ އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މިއަދު ކުޅުދުއްފުށީ ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ފެށި މި މުބާރާތުގައި 9 ރަށަކުން 95 ކުޅުންތެރިން ބައިވެރިވެ އެވެ. މި މުބާރާތުގައި ވާދަކުރާ ރަށްތަކަކީ ވަށަފަރު، ނޮޅިވަރަމް، ނާވައިދޫ، ހަނިމާދޫ، މުރައިދޫ، ބާރަށް، ކުޅުދުއްފުށި، ނޮޅިވަރަންފަރު އަދި އިހަވަންދޫ އެވެ.

މިމުބާރާތް ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި ފެނަކާގެ ޑީއެމްޑީ އިބުރާހިމް ވަހީދެވެ.

ޗެމްޕިއަން ޓީމަށް 7000 ރުފިޔާ ހުށަހެޅިފައިވާ މިމުބާރާތުގެ ރަނަރަޕް ޓީމަށް 3000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމަށް 1000 ރުފިޔާ ހުށައެޅިފައިވެ އެވެ. އަދި މި މުބާރާތުގައި އެންމެ މޮޅު ހަތަރު ކުޅުންތެރިންނާއި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާ ހޮވާނެ އެވެ.

މި މުބާރާތަކީ ފެނަކަގެ އެމްޑީގެ އިސްނެގުމަކަށް ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އެކި ޒޯންތަކަށް ބަހާލައިގެން ބާއްވާ މިމުބާރާތް މީގެ ކުރިން މާލެ ޒޯނާއި އައްޑޫ ފުވައްމުލަކު ޒޯން އަދި މީމު ދާދު ޒޯނުގައިވެސް ކުރިއަށްގެންގޮސްފައިވެ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުރިއަށްދާނީ މާދަމާ ހަވީރު ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355