twitterviber whatsapp telegramfacebookyoutube instagram
7th October 2026

ސިވިލް ސާރވިސް ގަވައިދަށް އިސްލާހު ގެނައުމަށް އާންމުގެ ހިޔާލު ހުށައެޅުމަށް ހުޅުވާލައިފި

އިބްރާހިމް ހަމީދު
Jan 21, 2020

ސިވިލް ސާރވިސް ގަވާއިދަށް އިސްލާހު ގެނައުމަށް އާއްމުންގެ ހިޔާލުހުށައެޅުމުގެ ފުރުސަތު އެކޮމިޝަނުން ހުޅުވާލައިފިއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވައިދަކީ އާންމު ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާއި ސިވިލް ސަރވިސް މުއްޒަފުންގެ ހައްގުތަކާއި މަސްލަހަތުތަކާއި ގުޅުންހުރި ވަރަށް މުހިންމު ގަވައިދުތަކެއް ކަމަށެވެ.

ގަވާއިދަށްގެނެވޭ އިސްލާހުތަކަކީ އެންމެހާރައްޔިތުން އަދި ހާއްސަކޮށް ސިވިލް ސަރވިސްގެ މުއައްޒަފުންގެ ބިނާކުރަނިވި ހިޔާލާއި މަޝްވަރާއާއި އެކު ގެނެވޭ އިސްލާހުތަކަކަށްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ކޮމިޝަނުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދައް ގެންނަން ފެންނަ އިސްލާހުތަކާއި ގުޅޭ ހިޔާލުތައް ހުށެހެޅުމުގެ ފުރުސަތު އެއް މަސް ދުވަހުގެ މުއްދަތު ވަނީ ހުޅުވާލާފައިވާކަމަށާއި އަދި ގަވައިދަށް ގެންނަންފެންނަ އިސްލާހުތަކާ ގުޅޭ ހިޔާލުތައް އީމެއިލްގެ ޒަރިއްޔާއިންނާއި ނުވަތަ ސިޓީގެ ޒަރިއްޔާއިންވެސް ކޮމިޝަނަށް ހުށައެޅުމުގެ ފުރުސަތުހުޅުވިފައިވާ ކަމަށް އެނޫސްބަޔާންގައި ބުނެފައިވެއެވެ.

އެނޫސްބަޔާނުގައި ބުނެފައިވަނީ އީމެއިލްގެ ޒަރިއްޔާއިން ހިޔާލު ހުށައެޅުމަށް ބޭނުންވާ ފަރާތްތަކަށް ކޮމިޝަންގެ އީމެއިލް [email protected] ފޮނުވޭނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293