twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބީއެމްއެލުން 10 ސްކޫލެއްގެ ސެން ކުލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

Jan 27, 2020

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.

އެގޮތުން ބޭންކުގެ އެހީތެރިކަންފޯރުކޮށްދީފައިވަނީ ކެލާ ސްކޫލް، އިހަވަންދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ތޮއްޑޫ ސްކޫލް، ތ. އަތޮޅު ސްކޫލް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލް އަދި ސ. ހިތަދޫ ޝަރަފުއްދީން ސްކޫލެވެ.

ސްކޫލުތަކުގައި ހިންގާ ސެން ކްލާސްތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކުދިންނަށް ކިޔަވައިދޭން ބޭނުންވާނެ ވަސީލަތްތައް މަދުވުންކަމަށްވާއިރު މި އެހީއާއެކު ޖުމްލަ 300 އެއްހާ ކުދިން ކިޔަވަމުންދާ މި ކްލާސްތަކަށް ވަނީ ތައުލީމީ އާ އަހަރާއެކު ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިފަ އެވެ. އަދި މީގެ އިތުރުން މި ތަކެއްޗާއެކު ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި އެކުލެވޭ ހާއްސަ ތެރަޕީތައް ދިނުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް ބީއެމްއެލުން ދެކެ އެވެ.

"ސެން ކްލާސްތަކުގެ ކުދިންނަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް 300 އެއްހާ ކުދިންނަށް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ވަސީލަތްތަކަކީ މި ކުދިންގެ ގާބިލިއްޔަތުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއްކަން ފާހަގަކޮށްލަން. މިކަމުގައި ސްކޫލްތަކުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރަން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ބޭންކުން ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން ފާއިތުވެދިޔަ އަހަރުތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 140 އަށް ވުރެ ގިނަ ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޮޓޮރައިޒްޑް-ވީލްޗެއަރ ހަދިޔާކުރުމާއި، ކުޅިވަރުގެ ހުނަރު ތަރައްގީކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން އަހުލުވެރިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތައް ހިމެނެ އެވެ. އަދި މީގެ އިތުރުން 'ކޮމިއުނިޓީ ފަންޑު' ގެ ދަށުން އެއް މިލިއަން ރުފިޔާގެ ފަންޑަކާއެކު 20 ރަށެއްގައި މުޖުތަމައަށް ފައިދާކުރާނެ ހަރަކާތްތައް ހިންގުމަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355