twitterviber whatsapp telegramfacebookyoutube instagram
19th September 2026

ޑަބުލިއުއެސްއޭ ބީޗް ގޭމްސްއަށް ކައުންސިލުން 93000 ރުފިޔާ ހަރަދުކޮށްފައިވޭ

ނަބީލާ އިސްމާޢީލް
Feb 12, 2020
5

މިދިޔަ އަހަރު ކުޅުދުއްފުށީގައި ބޭއްވި ބާދުޝާހު ޑަބުލިއުއެސްއޭ ބީޗް ގޭމްސްއަށް ކުޅުދުއްފުށީ ކައުންސިލުން ރައްޔިތުންގެ މާލިއްޔާއިން 93000 ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ކުޅުދުއްފުށީ ކައުންސިލް އާއި ގުޅިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ނޮވެމްބަރު 13 ން 16 އަށް ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި ފެސްޓިވަލް އަކީ ރާއްޖޭގައި މުޅިން އަލަށް ބޭއްވުނު ބީޗް ފެސްޓިވަލެކެވެ.

އެގޮތުން ރަށުން ބޭރުން މި ފެސްޓިވަލް ގައި ބައިވެރިވި ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކެއުމުގެ ހަރަދަށް 68000 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މުބާރާތުގެ އެކި ކުޅިވަރުން ޗެމްޕިއަންކަން ހޯދި ޓީމްތަކަށްވެސް ފައިސާގެ އިނާމު ދީފައިވަނީ ކައުންސިލުންނެވެ. އެގޮތުން ފައިސާގެ އިނާމުގެ ގޮތުގައި 25000 ރުފިޔާ ވަނީ ދީފައިކަމަށް ކުޅުދުއްފުށީ ކައުންސިލުން މި ނޫހަށް މައުލޫމާތު ދިނެވެ.

މި މުބާރާތުގައި ރަށުން ބޭރުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެ އެވެ. އަދި މުބާރާތުގެ ރެފްރީކަމާއި އޮފިޝަލުކަން ކޮށްދީފައި ވެސް ވަނީ ރަށުން ބޭރުގެ ރެފްރީންނާއި އޮފިޝަލުނެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ ނަގާފައިވަނީ ކުޅުދުއްފުށީގެ "ބާދުޝާހް" ބޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293