twitterviber whatsapp telegramfacebookyoutube instagram
22nd May 2025

"ވޯލްޑް އެކްސްޕޯ"ގައި ރާއްޖޭން ބައިވެރިވަނީ

ޚަދީޖާ އާދަމް
Feb 15, 2020

ދުބާއީގައި ބާއްވާ "ވޯލްޑް އެކްސްޕޯ"ގައި ރާއްޖޭން ބައިވެރިވުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ދުބާއީގައި 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯއަކީ ދުނިޔޭގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯ 2020 ދުބާއީގެ' ނަމުގައި ކުރިއަށްދާ މި އެކްސްޕޯ މިއަހަރު އޮންނާނީ އޮކްޓޫބަރު މަހުގައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވީ މިއީ މި އެކްސްޕޯގައި ރާއްޖެ ބައިވެރިވާ 3 ވަނަ ފަހަރުކަމަށެވެ.

މިއީ ދުނިޔޭގައި ބާއްވާ އެންމެ އަގުބޮޑު ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެކްސްޕޯއެކެވެ. އަދި މިއީ މި އެކްސްޕޯގައި ރާއްޖޭން ބައިވެރިވާ 3 ވަނަ ފަހަރެވެ.

މިއަހަރުގެ އޮކްޓޫބަރުމަހު ފަށާ 'އެކްސްޕޯ 2020 ދުބާޢީ' އަންނަ އަހަރުގެ އޭޕްރިލް މަހާއި ހަމައަށް ކުރިއަށްދާނެއެވެ. ޓުއަރިޒަމް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ކަލްޗަރ އަދި އެމްއެމްޕީއާރްސީއާއި ގުޅިގެން އެކްސްޕޯގެ ތައްޔާރީތައް ވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި އެކްސްޕޯގައި ޓޫރިޒަމް ޕްރޮމޯޓްކުރުމާއި އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމުގެ އިތުރުން ރާއްޖޭގެ ޘަޤާފަތާއި އާދަކާދަތައް ދައްކާލުން ވެސް ކުރިއަށްދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355