twitterviber whatsapp telegramfacebookyoutube instagram
15th March 2026

ސަރުކާރުން ރައްޔިތުންނަށް ވީ ވައުދު ފުއްދުނުތޯ: ޣައްސާން

ޚަދީޖާ އާދަމް
Feb 17, 2020

ރައްޔިތުންނަށްވީ ވައުދުތައް ފުއްދީ ކިހާ މިންވަރަަކަށްތޯއާއި މި ސަރުކާރުގެ ހަތަރު ބައިކުޅަ އެއްބައި ނިމުނު އިރު ހާސިލްވީ ކޮންކަމެއްތޯ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މި ސަރުކާރުގެ ހަތަރު ބައިކުޅަ އެއްބައި ނިމުނު އިރު ރައްޔިތުންގެ އަމިއްލަ ވިސްނުންފުޅުން ހިދުމަތް މިނަންޖެހޭކަމަށާއި، އަމިއްލައަށް ޖަވާބު ހޯއްދަވަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އަދި ގައުމު މިދާ މިސްރާބަކީ ކޮބާތޯއާއި، ރަށްރަށާއި ފަރުދުންނަށް ކުރިއެރުން ހާސިލްވަމުން ހިނގަޖެއްތޯވެސް ޣައްސާން ވަނީ ސުވާލުކުރައްވާފަ އެވެ.

ސަރުކާރުގެ ޕްރޮޖެކްޓްތައް ކުރިއަށް ނުދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355