twitterviber whatsapp telegramfacebookyoutube instagram
13th September 2026

ކުޅުދުއްފުށީގައި ކުރިއަށްދިޔަ އެމްޑީޕީ ޖަލްސާއަށްވެސް ފިނި ތަރުހީބެއް

އަބްދުލް ވާހިދު ޙަސަން
Feb 22, 2020
13

ކުރިއަށް އޮތް އެމްޑީޕީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ރޭ ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާއަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ބައިވެރިވެޑައިގެންނެވި އެ ޖަލްސާގައި އޮންނަ ވާހަކަ އަޑުގަދަ ކުރާއިން މުޅި ރަށުގައި ގޮވި އެވެ. އެކަމަކު އެހެން ޖަލްސާތަކާ ތަފާތުކޮށް ރޭގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ބައިވެރިވި މީހުންގެ އަދަދު މަދެވެ.

ހާއްސަކޮށް އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ފަރާތްތަކުން ބައިވެރިވާ ޖަލްސާތަކުގައި ކުޅުދުއްފުށިން ދިޔައީ ރަނގަޅު ތަރުހީބެއް ދެމުންނެވެ. ނަމަވެސް ރޭގެ ޖަލްސާ އެ މަންޒަރެއް ނުފެނުނެވެ.

ގާތްގަނޑަށް 260 ހާ ގޮނޑި ޖަހާފައިވީއިރު އެތަނުން ދެ ބައިކުޅަ އެއްބައި ގޮނޑިތައް ހުރީ ހުހަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތް މާލޭގައި ކުރިއަށްދިޔަ "ރަށްވެހި ފަތިސް" ޖަލްސާއަށްވެސް ލިބިގެންދިޔައީ ފިނި ތަރުހީބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293