twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޤުރުއާން ކިޔެވުމަކީ ދުނިޔެމަތީގައި ކުރެވޭނެ އެންމެ މާތް އެއް އަޅުކަން: ޝެއިޙް އަކްރަމް

އަބްދުލް ވާހިދު ޙަސަން
Feb 24, 2020
1

ކީރިތި ޤުރުއާން ކިޔެވުމަކީ މި ދުނިޔެ މަތީގައި ކުރެވޭނެ އެންމެ މާތް އެއް އަޅުކަންކަމުގައި ޝެއިޙް އަކްރަމް ހުސެއިން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޝެއިހް އަކުރަމު ވިދާޅުވީ، މި ބިންމަތީގައި ކުރެވޭނެ އެންމެ މާތް އެއް އަޅުކަމަކީ މާތް ﷲ ގެ ކަލާންފުޅު، ކީރިތި ޤުރުއާން ކިޔެވުން ކަމަށެވެ.

ޤުރުއާން ކިޔަވާ ދޭއިރުގައި އާއި ގުރުއާން ކިޔަވާއިރު ﷲ ސުބްހާނަހޫ ވަތައާލާގެ ހަޒުރަތުން އެކަމުގެ ފުރިހަމައަށް އަޖުރު އެދިގެން ކިޔެވުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި އެ ޤުރުއާނާ އެއްގޮތަށް އަމަލުތައް ބައްޓަން ކުރަން ޖެހޭކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް މާތްﷲ އެއީ އަޅުކަމެއްކަމުގައިވާނަމަ އެކަން ގަބޫލުކުރައްވަނީ ނިޔަތް ހާލިސް ކުރެވިގެން" ޝެއިހް އަކުރަމް ވިދާޅުވި އެވެ.

"
"ކީރިތި ޤުރުއާން ކިޔެވުމަކީ މި ދުނިޔެމަތީގައި، މި ބިންމަތީގައި ކުރެވޭނެ އެންމެ މާތް އެއް އަޅުކަން، މާތްﷲ ގެ ކަލާންފުޅު ކިޔެވުން." ޝެއިހް އަކުރަމް ވިދާޅުވި އެވެ.
ޝެއިހް އަކުރަމް ވިދާޅުވި އެވެ.

ހަމައެކަނި ޤުރުއާން ކިޔެވުމުގެ ބަދަލުގައި ޤުރުއާން ކިޔަވަމުންދާއިރު ވިސްނާ ފިކުރުކޮށް އޭގެ މާނައާމެދު ފިކުރުކުރަން ޖެހޭކަމަށް ޝެއިޙް ވިދާޅުވި އެވެ. ޝެއިޙް ވިދާޅުވީ، ޤުރުއާން ކިޔަވަމުންދާއިރު ޤުރުއާނުގައި ބުނާ އެއްޗެއް ދެނެގަނެ އެއަށް އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ކަމެއްކުރާއިރުވެސް ނިޔަތް ރަނގަޅުކުރަން ޖެހޭކަމުގެ މައްޗަށް އަލިއަޅުވާލައި އަކުރަމް ވާހަކަފުޅު ދެއްކެވި އެވެ.

އަކްރަމު ވިދާޅުވީ، ދިރިއުޅުމުގައި މަންހަޖަކީ ޤުރުއާންކަމުގައި ހަދަން ޖެހޭ ކަމަށެވެ. އަދި ދިރިއުޅުމުގެ އުސޫލުތަކާއި ގަވައިދުތަކަކީވެސް ޤުރުއާން ކަމުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355