twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެންޒީން "ވަރަށް ފައްކާ" ޕްރޮމޯޝަނާ ގުޅުވައިގެން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

Mar 5, 2020

ކަނޑުމަހުގެ އެކި އުފެއްދުންތައް ބާޒާރަށް ނެރޭ އެންޒީން "ވަރަށް ފައްކާ"ގެ ނަމުގައި ޕްރޮމޯޝަނާ ގުޅުވައިގެން ރޯދަ އަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެންޒީ ފިހާރަ އިން ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވަރީ ކޮށްދޭނެކަމަށް އެ ފަރާތުން ބުނެ އެވެ. ރޯދަ މަހު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ ދަޅުމަހަށްވާއިރު އެންޒީން ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ބޭނުމަކީ އާންމުންނަށް ވަގުތު ސަލާމަތް ކޮށްދިނުން ކަމަށް އެ ފިހާރައިން ބުންޏެވެ.

ރޯދައަށް ހާއްސަ މި ޕްރޮމޯޝަންގެ ދަށުން ޑެލިވަރީކޮށްދޭނީ 13 ދަޅަށް ވުރެ އިތުރަށް އޯޑަރުކުރާ މީހުންނަށެވެ. އޯޑަރު ދޭން ގުޅަންޖެހޭނީ މާލެ އިން ނަމަ 7248899 އަށް، ހުޅުމާލެ އިން ނަމަ 7258899 އަށެވެ. ގުޅަންޖެހޭނީ ހެނދުނު 8:30 އިން ހަވީރު 4:00 އާ ދެމެދު އެވެ. ޑެލިވަރީކޮށްދޭނީ އޯޑަރު ދޭ ދުވަހު ނޫން އަނެއް ދުވަހު އެވެ.

މިގޮތަށް ގޭގެއަށް ޑެލިވަރީ ކުރަނީ "އެންޒީ ވަަރަށް ފައްކާ" ޕްރޮމޯޝަންގެ ލޭބަލް ޖަހާފައިވާ މަސް ދަޅުތަކެވެ. ކޮންމެ މަސްދަޅެއްގައި އިންނަ ލޭބަލްކޮޅުގެ ފަހަތުގައި އިންނަ ސީރިއަލް ނަންބަރު 5040 އަށް އެސްއެމްއެސް ކުރެވޭނެ އެވެ. މިގޮތަށް އެސްއެމްއެސްކުރާ މީހުންގެ މެދުގައި ކޮންމެ މަހަކު ގުރުއަތު ނަގާނެ އެވެ. އެގޮތުން ގުރުއަތުން ހޮވޭ މީހުންނަށް 1،000ރ. އާއި 5،000ރ. އާއި 10،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މީގެ އިތުރުން ކޮންމެ މަހަކު ހޮވާ ނަސީބުވެރިންގެ އިތުރުން ފެބްރުއަރީ 15 އިން ޖުލައި މަހުގެ ނިޔަލަށް އެސްއެމްއެސް ކުރާ މީހުންގެ މެދުގައި ގްރޭންޑް ލަކީޑްރޯއެއް ނަގާނެ އެވެ. އޮގަސްޓް މަހުގެ ތެރޭ ނަގާ މި ގުރުއަތުން އެއް ވަނަ އަށް ދާ މީހަކަށް 100،000ރ. ގެ އިނާމެއް ލިބޭނެ އެވެ. އަދި ދެވަނައަށް 50،000ރ. އަދި ތިންވަނަ އަށް 30،000ރ. ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355