twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޮރޯނާއާ ގުޅިގެން ދިމާވާނެ ކަންކަމަށް ސިފައިންނާއި ފުލުހުން ތިބީ ތައްޔާރަށް

ޚަދީޖާ އާދަމް
Mar 7, 2020

ކޮރޯނާ ވައިރަހާ ގުޅިގެން ދިމާވާނެ ކަންކަމަށް ސިފައިންނާއި ފުލުހުން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށް ބުނެފި އެވެ.

މިރޭ އެސްޓީއޯ އާއި ސަލާމަތީ ބާރުތަކުން ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްއިން ބުނީ މި ހާލަތަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކަށް ތިބީ ތައްޔާރަށް ކަމަށެވެ. ފުލުހުން ވެސް ބުނީ ތިބީ ޔައްޔާރަށް، ކަމަށާއި އެހެން އިދާރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ ރާއްޖޭގެ ލެވެލް ވަނީ ޔެލޯ އެލާޓަށް މަތިކޮށްފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެއްދޫ ރިސޯޓްގައި ތިބި މުވައްޒަފުންގެ އާއިލާތައް ވެސް ބިރު ގަންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ކުރެއްދޫގައި މިހާރު ތިބި މީހުންނާމެދު އަމަލު ކުރާ ގޮތްތައް ވެސް އާންމު ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ކޮރޯނާގެ އަލާމާތްތައް ފެނުނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާ ވައިރަހަށް ނެގަޓިވް އެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ފަރާތުން އަލާމާތް އަދިވެސް ފެންނާތީ 24 ގަޑިއިރު ފަހުން އިތުރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355