twitterviber whatsapp telegramfacebookyoutube instagram
29th August 2025

މާދަމާގެ ހުކުރު ނަމާދު ކުރުކުރަން އަންގައިފި

ނަބީލާ އިސްމާޢީލް
Mar 12, 2020
1

މާދަމާގެ ހުކުރު ހުތުބާ ކުރުކޮށް ހުކުރު ނަމާދުގައި ވީހާވެސް ކުރު ސޫރަތެއް ކިޔައި ހުކުރު ނަމާދު ކުރުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުކުރު ނަމާދުގައި ކުރު ސޫރަތެއް ކިޔަން އެންގީ ދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޖަމާއަތުގައި ވީހާ ވެސް މަދު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށެވެ. އަދި މި ހަފުތާގެ ހުތުބާ ވެސް އެހެން ހުކުރުތަކާ ހިލާފަށް ކުރުވާނެ ކަމަށެވެ.

އެ މިނިސްޓްރީގެ އޮފިޝަލް ހާމަކުރިގޮތުގައި ކޮވިޑް-19 ގެ ހާލަތު ބަދަލުވަންދެން ހުތުބާ ކުރުކޮށް ވީހާވެސް ކުރު ސޫރަތް ކިޔަން ނިންމާފައިވާ ކަމަށާއި މި ހަފްތާގެ ހުތުބާ ހާއްސަކުރެވިފައިވާނީ ބަލި ހާލަތެއް މެދުވެރިވުމުން މުސްލިމުން އަމަލުކުރަންވީ ގޮތުގެ މައްޗަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ މި ވައިރަސްގެ އެއްވެސް އަލާމާތެއް ހުރި މީނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ކުޑަ ކުދިން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ. ސައުދީ އަރަބިއާއިންވެސް މިހާރު ވަނީ ހުކުރު ނަމާދު ކުރުކުރަން އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355