twitterviber whatsapp telegramfacebookyoutube instagram
23rd May 2026

އެވިޑް ކޮލެޖުން އޮންލައިންކޮށް ކިޔަވައިދޭން ތައްޔާރުވެއްޖެ

ނަބީލާ އިސްމާޢީލް
Mar 14, 2020

މިހާރު މުޅި ދުނިޔެއާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ނުރައްކާތެރި ހާލަތަކަށް ކަންތައްތައް ގޮސްފިނަމަ އޮންލައިންކޮށް ކިޔަވައިދޭން އެވިޑް ކޮލެޖުން ތައްޔާރުވެފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

އެ ކޮލެޖުން ބުނީ ކޮލެޖްގައި ކިޔަވަމުންގެންދާ ދަރިވަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކޮލެޖްގެ ކްލާސްތަކަށް ދަރިވަރުންނާއި ލެކްޗަރާއިން ހާޒިރުވެގެން އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން ކުރުމުގެ ބަދަލުގައި އޮންލައިންކޮށް އެކަންކަން ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ މިހާރު ވެފައިވާ ކަމަށެވެ.

އެގޮތުން ދަރިވަރުންނާއި ލެކްޗަރާއިންނަށް ބޭނުންވާ ފަންނީ ތަމްރީންތައް ދިނުމުގެ ސެޝަންތަކެއް ވަނީ މިހަފްތާ ތެރޭގައި އެވިޑް ކޮލެޖްގައި ބާއްވަފަ އެވެ. އޭގެ އިތުރުން އެވިޑް ކޮލެޖްގެ މުވައްޒަފުން ކޮލެޖަށް ނުގޮސް މުވައްޒަފުންގެ ގޭގައި ތިބެގެން ވަޒީފާގައި ކުރަން ޖެހޭ މަސައްކަތްކުރުމަށް ބޭނުންވާ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައި ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

ކޮރޮނާވައިރަސްގެ ދިހަ ކޭސް މިހާތަނަށް ރާއްޖެއިން ވަނީ ފެނިފަ އެވެ. އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީ، އީރާން، ޗައިނާ، ކޮރެއާގެ އިތުރުން ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނަށް ވަގުތީ ގޮތުން ރާއްޖެ އެތެރެ ނުވެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355