twitterviber whatsapp telegramfacebookyoutube instagram
18th April 2024

އިތުރު އެއް ހަފްތާއަށް ސްކޫލުތައް ބަންދުކޮށްފި

Mar 16, 2020

ސްކޫލުތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް އަނެއްކާވެސް ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ހުރިގޮތަށް ބެލުމަށްފަހު ސްކޫލްތައް ބަންދުކޮށްފައި މިވަނީ މިޑް ޓާމް ބަންދައްފަހު ސްކޫލްތަށް އެއް ހަފްތާއަށް ބަންދުކޮށްފައިވަނިކޮށެވެ. ސްކޫލްތައް މި ދަނޑިވަޅު ބަންދުކުރަން ޖެހުމާއިއެކު ޕީއެސްއެމްގެ ޔެސް ޓީވީއާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިއާއެކު ސްކޫލްތަށް ހުޅުވޭނީ ކޮލެޖް އަދި ޔުނިވަރސިޓީތަކާއިއެކު ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވަނީ މި ދުވަސްވަރުގެ ތެރޭގައި ޓިއުޝަން ދިނުމާއި ޓިއުޝަން ސެންޓަރު ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.

މަބްރޫކް މިފަދައިން ގޮވާލައްވާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ޓިއުޝަން ކިލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތައް މެދުކަނޑާލުމަށް އަންގާފައެވެ. ސްކޫލްތައް ބަންދުކުރެވިފައިވާ ހާލަތުގައި ޓިއުޝަން ކުލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކިލާސްތައް ފަދަ އެއްވެސް ކިލާހަކަށް ދަރިވަރުން ނުފޮނުވުމަށް ބެލެނިވެރިންނަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

"ޓެލިކިލާސް"ގެ ނަމުގައި ސްކޫލް ދަރިވަރުންގެ ފިލާވަލުތައް ބްރޯޑްކާސްޓް ކުރަން ފަށާފައިވާއިރު، މިހަފްތާގެ ސެޝަންތައް ބޮޑަށް ޚާއްސަކޮށްފައި ވަނީ ގްރޭޑް ދިހައެއްގެ ދަރިވަރުންނަށެވެ. ޓެލިކިލާސް"ގެ ސެޝަންތައް ދައްކާނެ ވަގުތުތައްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަން ފަށާފައެވެ. މި ސެޝަންތައް ޕީއެސްއެމްގެ ޓީވީ ޗެނަލެއް ކަމަށްވާ ޔެސްޓީވީ އިން ދައްކާ ވަގުތު، ޔެސް ޓީވީ ފޭސްބުކް ޕޭޖާއި، ޓީވީއެމްގެ ޔޫޓިއުބް ޗެނަލްއިން ވަގުތުން ލައިވް ސްޓްރީމް ކުރަމުންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355