twitterviber whatsapp telegramfacebookyoutube instagram
27th July 2024

ޓާސްކްފޯސް އިން ކުޅުދުއްފުށީ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލަނީ

ނަބީލާ އިސްމާޢީލް
Mar 18, 2020

ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ކުޅުދުއްފުށީ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާނީ ޓާސްކްފޯސްގެ ފަރާތުން އެކުލަވާލާފައިވާ ވޮލަންޓިއަރުންގެ ޓީމުން ނެވެ.

މި ޓީމުން އެއްކުރުމަށް ހަމަޖެހިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ނަމާއި، ދާއިމީ އެޑްރެސް، މިހާރު ދިރިއުޅެމުންދާ އެޑްރެސް، ވަޒީފާ އަދާކުރަމުންދާ އޮފީހާއި ރަށް، އުމުރާއި އައިޑީ ކާޑް ނަންބަރު، ނަގާނެ އެވެ.

އަދި ދަތުރު ފަތުރުގެ ހިސްޓްރީއެއް އޮތްތޯ އަދި ރޯގާގެ އަލާމާތްތަކާއި، ދާއިމީ ބައްޔަކަށް ބޭސް ކުރަމުންދޭތޯ ފަދަ މުހިއްމު މައުލޫމާތުތަކެއް ނަގާނެކަމަށް އެ ފަރާތުން ބުނެ އެވެ. މި މައުލޫމާތު ހޯދުމަށް ގޫގޫލް ފޯރމްމެއް ބޭނުން ކޮށްގެން މައުލޫމާތު ނުލިބިއްޖެނަމަ ގޭގެއަށް ޒިޔާރަތް ކޮށްގެން މައުލޫމާތު ހޯދުމަށް ނިންމާފައިވާކަމަށް ޓާސްކް ފޯސް އިން މައުލޫމާތުދެ އެވެ.

ޓާސްކްފޯސް އާއި ވޮލެންޓިއަރުން ގުޅިގެން ކުޅުދުއްފުއްޓަށް އަންނަ އޮޑިދޯނި ފަހަރުގެ ކައްޕިންނާއި ކުރޫއިންނަށް ކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ކުޅުދުއްފުއްޓަށް ކޮރޯނާ ވައިރަސް ކޭސްއެއް އައުން ހުއްޓުވުމަށް އެޅެން އޮތް ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި ކުޅުދުއްފުށީގައި މާލެ ދަތުރު ކުރާ ބޯޓް ފަހަރު ޑިސްއިންފެކްޓް ކުރާނެ ގޮތުގެ މައުލޫމާތު ކުރޫއިންނަށް ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

އަދި ޓާސްކްފޯސް އިން ދަނީ ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް އިންޓަނެޓް ލިބޭނޭ ގޮތް ދިރާގާ ވާހަކަ ދައްކައިގެން ހަމަޖެއްސުމުގެ އިތުރުން ލޯކަލް މާރުކޭޓްގައި ގާއިމްކުރާ ފުލޫ ކުލިނިކަށް ބޭނުންވާ އިންޓަނެޓް އުރީދޫއާއި ވާހަކަ ދައްކައިގެން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކުޅުދުއްފުށީގައިވެސްވަނީ ފިޔަވަޅުތަކެއް މިހާރު އަޅާފަ. އެގޮތުން ކޮންމެ ހަފްތާކު އޮންނަ ހޮނިހިރު ބާޒާރު މެދުކަނޑާލާ، ޕާކްތައް ބަންދުކޮށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އަންގާ މިސްކިތްތައް ވެސް ވަނީ ކޮންމެ ނަމާދަކަށް ފަހު ޑިސްއިންފެކްޓް ކުރަން ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355