twitterviber whatsapp telegramfacebookyoutube instagram
16th September 2026

ސެންޓާރާ ގްރޭންޑުން ވައިރަހަށް ޝައްކުވެގެން ދިވެއްސަކު ޓެސްޓްކުރަނީ

ނަބީލާ އިސްމާޢީލް
Mar 21, 2020

އދ. އަތޮޅު ސެންޓާރާ ގްރޭންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނިގެން އޭނާގެ ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށް ކުރި ޓުވީޓެއްގައި ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގްއަށް ލާފައިވާ ކަމަށެވެ. އެ ހާލަތުގައި ރިސޯޓަށް އަރައި ފޭބުން ވަގުތީގޮތުން މަނާވާނެއެވެ.


މިހާތަނަށް ރާއްޖެއިން 13 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހުނު ދެމީހުން މިހާރު ވަނީ މުޅިން ރަނގަޅުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ އެންމެ ހާލު ދެރަވި 70 އަހަރުގެ މީހާ އާއި އޭނާގެ އަންހެނުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293