twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ރަށުންބޭރުގައި ވަޒީފާއަދާކުރާ ކުޅުދުއްފުށީ މީހުންގެ ދަފުތަރެއް އެކުލަވާލަނީ

ނަބީލާ އިސްމާޢީލް
Mar 23, 2020

ކުޅުދުއްފުށީގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސް އިން ކުރަމުންދާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލް އިދާރާއިން ބުނީ މި ދަފުތަރު އެކުލަވަލުމުގެ މައިގަނޑު މަގުސަދަކީ އެ އިދާރާއިން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ހިދުމަތްތަކާއި އަންގަންޖެހޭ މައުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދީ ރަށުން ބޭރުން ޒިޔާރާތްކުރާ ފަރާތެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އަވަސް ނިޒާމެއް ގާއިމްކުރުމަށް ކަމަށެވެ.

ދަފުތަރުގައި ރަޖިސްޓްރީވުމަށް އެ އިދާރާއިން ގާއިމްކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށްވެސް ހުށައެޅޭނެ ކަމަށާއި ނުވަތަ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު 10:00 ން 12:00 އަށް 6527177 ނުވަތަ 6527175 އަށް ގުޅުމަށް ނޫނީ 9531312 އަށް ޓެކްސް މެސެޖް ނޫނީ ވައިބާރ މެސެޖް އިން ވެސް ރަޖިސްޓަރ ވެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުޅުދުއްފުށީގައިވެސް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޕާކްތައް ބަންދުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކުޅުދުއްފުށީ މާރުކޭޓްގައި ފުލޫ ކުލިނިކެއް ގާއިމްކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355