twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ފްލައިމީގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަނީ

Mar 28, 2020

ވިލާ އެއާގެ ފްލައިމީ އިން ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.

ފްލައިމީގެ ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވަނީ މިމަހު 29 ވަނަ ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް އެއާލައިނުގެ ދަތުރުތައް މެދުނކަޑާލަން ނިންމާފައިވާ ކަމަށެވެ. ފްލައިމީ އިން ބުނީ އެ އެއާލައިނުގެ ދަތުރުތައް ހާއްސަ ރިކުއެސްޓުގެ ދަށުން ކުރާނެ ކަމަށާއި ކްރޫ އާއި މުވައްޒަފުން އަބަދުވެސް ތިބޭނީ ސްޓޭންޑްބައި ގައި ކަމަށެވެ.

ފްލައިމީގެ ކޮމާޝަލް ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމާ ނެރުނު ސާކިޔުލާގައި ބުނެފައިވަނީ ކޮރޯނާ އާއި ގުޅިގެން ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލުމާ ގުޅިގެން އެ އެއާލައިނުގެ ޕެސެންޖަރުންގެ އަދަދު މަދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މި ހާލަތުގައި ވިލާ އެއާއިން އަބަދުވެސް އިސްކަންދޭނީ މުވައްޒަފުންނާއި ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ކަމަށާއި މި ދުވަސްވަރު މަސައްކަތްކުރާނީ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމަށް ވިލާ އެއާ އިން ވަނީ ބުނެފައެވެ.

ފްލައިމީ އިން ދަތުރު ކުރަނީ މާމިނގިލި އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށެވެ. އެ އެއާލައިނުގެ ފަސިންޖަރުންގެ ބޮޑު އިންސައްތައަކީ ފަތުރުވެރިންނެވެ. ފަތުރުވެރިން އައުން މަދުވުމާއެކު އެ އެއާލައިނުގެ ދަތުރުތައް މިފަހުން ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355