twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޔޫކޭއިން އައި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Mar 29, 2020

ޔޫކޭއިން އައި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށް ދެންމެ ކުރި ޓުވިޓްގައި ބުނީ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އިނގިރޭސިވިލާތުން އައި ދިވެއްސެއް ކަމަށެވެ. އޭނާ ހުރީ ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފަ އެވެ.

މިއީ މިވައިރަހަށް ޕޮޒިޓިވް ދެވަނަ ދިވެހި މީހާ އެވެ. އެޗްޕީއޭއިން ހަމަޖައްސާފައިވާ ގޮތުން ރިސޯޓްތަކަށް ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެހެން ހުރިހާ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ފެސިލިޓީއެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމަށެވެ.

އެއީވެސްމި މަހު 22 ވަނަދުވަހު އިނގިރޭސިވިލާތުން އައިސް ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީނުގައި ބަހައްޓާފަ ހުރި މީހެކެވެ. އޭނާގެ ފަރާތުން ބަލީގެ އަލާމާތްތަކެއް މި މަހުގެ 25 ގައި ފެނުމުން ސާމްޕަލް ޓެސްޓް ކުރިއިރު 26 ވަނަ ދުވަހު ނަތީޖާ ދެއްކީ ޕޮޒިޓިވް ކަމަށެވެ. އެ މީހާ މިހާރު ވަނީ ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.

މިއަދު ޕޮޒިޓިވްވި ދިވެހި މީހާއާ އެކު މިހާތަނަށް ރާއްޖެއިން ވަނީ، 17 މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން، 11 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ހަ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

މިދުވަސްވަރު ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކާއި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައި ފަރުދީ ޒިންމާ އަދާކުރުން އެއީ އެންމެންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355