twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮވިޑް-19 އަށް ފަރުވާދޭން ލަންޑަންގައި 4000 އެނދުގެ ހޮސްޕިޓަލެއް

ޚަދީޖާ އާދަމް
Apr 4, 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޔޫކޭގައި މިިދިޔަ 24 ގަޑިއިރުތެރޭފައި 684 މީހުން މަރުވެފައިވާކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މިއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 3605 އަރާފައެވެ

މިހާތަނަށް އިގިރޭސިވިލާތުން ތިރީސްތިން ހާހަށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

މިއާއިއެކު ލަންޑަނުގައި ވަނީ ވައިރަހަށް ޕޮޒިޓިވް ވާ ފަރާތްތަކަށް ފަރުވާދިނުމަށް 4000 އެނދުގެ ހޮސްޕިޓަލެއް ގާއިމްކޮށްފައެވެ. ހޮސްޕިޓަލް ގާއިމްކޮށްފައިވަނީ އެގައުމުގެ އެކްސްސެލް ސެންޓަރުގައެވެ.

އެ ސެންޓަރު ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ އެންމެ ނުވަ ދުވަސް ތެރޭގައެވެ.

އެގައުމުގެ ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަން ވެސް މި ވަގުތުހުރީ ސެލްޕް އައިސޮލޭޝަންގައެވެ. އޭނާ ވައިރަހަށް ކޮންޓްރެކްޓް ވި ކަމަށް ކަމަށް ހާމަކޮށްފައިވަނީ އިއްޔެއެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާގަ އެވެ. އެގައުމުން ޕޮޒިޓިވް ވި މީހުންގެ އަދަދު ދެ ލައްކައަށް ވުރެގިނައެވެ. މިހާތަނަށް މި ވައިރަހުގައި އެންމެ ގިނަ މީހުން މަރުވި އިޓަލީނެވެ. އެގައުމުން އެއްލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވާއިރު ތޭރަހާހަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ.

އެހެން ގައުމުތަކާއި އަޅާބަލާއިރު މިހާތަނަށް އިގިރޭސިވިލާތުން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ނިސްބަތުން މަދުނަމަވެސް މަރުވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355