twitterviber whatsapp telegramfacebookyoutube instagram
24th April 2024

އިންތިޒާމުތަކަކާއެކު ހޮނިހިރު ބާޒާރު ބާއްވަނީ، ރަޖިސްޓްރީކުރަން ޖެހޭ

Apr 13, 2020
3

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ހޮނިހިރު ބާޒާރު ވަކި އުސޫލުތަކަކާއި އިންތިޒާމުތަކެއްގެ މަތިން ބާއްވަން ނިންމާ، ވިޔަފާރިކުރާ ފަރާތްތަކުން ރަޖިސްޓްރީކުރަން ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފި އެވެ.

ޓާސްކް ފޯސްގެ ލަފާގެ މަތިން މިރޭ ކުޅުދުއްފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވަކި އުސޫލުތަކަކާއި އިންތިޒާމުގެ މަތިން ހޮނިހިރު ބާޒާރު އަލުން ފެށުމަށް އަންނަނީ މަޝްވަރާކުރެވެމުން ކަމަށާއި އަލުން ހޮނިހިރު ބާޒާރު ހުޅުވާލައިރު ތަކެތި ވިއްކާ ފަރާތްތަކުން ކުޅުދުއްފުށީ ކައުންސިލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

ވިޔަފާރިކުރެވޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ކައުންސިލުން ހާމަކޮށްފައިވެ އެވެ. ކައުންސިލުން ބުނީ ރަޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށާއި ރަޖިސްޓްރީކުރަނީ ވިޔަފާރިކުރުމަށް ވަކި އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ހޮނިހިރު ބާޒާރުގައި ރަޖިސްޓްރީވާ ބޭނުންވާ ފަރާތްތަކުން މިމަހު 14، 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:15 އިން މެންދުރު 12:00 އާދެމެދު ކައުންސިލަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. އެގޮތުން 6527177، 6527188 ނަމްބަރު ފޯނަށް ގުޅައި ރަޖިސްޓްރީކުރެވޭނެ އެވެ. އަދި މީގެ އިތުރުން ކައުންސިލްގެ ހޮޓްލައިން 9531312 ނަމްބަރަށް މެސެޖް ނުވަތަ ވައިބަރ މެދުވެރިކޮށްވެސް ރަޖިސްޓްރީކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ކައުންސިލްގެ އިއުލާނުގައިވެ އެވެ.

"ޓެކްސްޓް ނުވަތަ ވައިބަރ މެދުވެރިކޮށް ފުރިހަމަ ނަން، ފޯނު ނަންބަރު އަދި ބޭނުން ބަޔާންކޮށް މެސެޖް ކުރެއްވުމުން އެ ފަރާތްތަކާއި ގުޅައި ރަޖިސްޓްރީކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ." އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355